ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ މަޢުލޫމާތު ބައެއް އެސޯސިއޭޝަންތަކާ ޙިއްޞާކޮށްފި

06 Jan 2016

ކުރިޔަށް އޮތް 05 އަހަރަށް ތައްޔާރު ކުރެވޭ، ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމަށް މުއައްސަސާތަކާއެކު ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުން ތަކުގެ ތެރެއިން 6 ވަނަ ބައްދަލުވުން ރާއްޖޭގައި ޤައުމީ ފެންވަރުގައި ޙަރަކާތްތެރިވާ ބައެއް ވިޔަފާރި އެސޯސިއޭޝަންތަކާއެކު ބާއްވައިފިއެވެ. މިބައްދަލުވުން ބޭއްވިފައިވަނީ 5 ޖަނަވަރީ 2016 ގެ މެންދުރު 10:30 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައެވެ.

ނޭޝަނަލް އިންޓެގްރިޓީ ޕްލޭނަކީ ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް އޭސީސީން އިސްނަގައިގެން ދައުލަތުގެ އިދާރާތަކާއި އަދި ބައެއް އަމިއްލަ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މިއަދުގެ ބައްދަލުވުމުގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެސޯސިއޭޝަންތަކަށް އަދާކުރެވިދާނެ ދައުރާބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ޕްލޭން ތަންފީޒު ކުރުމުގައި އެފަރާތްތަކުގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލެއްވުން ލިބޭނެކަމުގެ ޔަޤީންކަން އެ އިދާރާތަކުގެ އިސްވެރިންގެ ފަރާތުން އޭސީސީއަށް ވަނީ އަރުވާފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ޖަމިއްޔާތަކުގެ ތެރޭގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސްއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓްއަރ އޮޕަރޭޓަރސް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ ހިމެނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×