މިކޮމިޝަނުން ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކުގެ ތެރެއިން ދަޢުވާ ނުކުރާގޮތަށް ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާ މައްސަލަތަކާގުޅޭ

06 Jan 2016

މިކޮމިޝަނުން ތަޙްޤީޤުކޮށް ނިންމާ މައްސަލަތަކުގެ ތެރެއިން، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25ވަނަ މާއްދާގެ (ހ)ގެ 2ވަނަ ނަންބަރުގެ ދަށުން ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކުގެތެރެއިން އެކި ސަބަބުތަކާހުރެ، ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަށް ފެނިވަޑައިނުގަންނަވާތީ އަނބުރާ މި ކޮމިޝަނަށް ފޮނުއްވައިލައްވާފައިވާ މައްސަލަތަކާ ގުޅިގެން މިކޮމިޝަނުން ޢަމަލުކުރަމުންދާގޮތް ތިރީގައި މިވަނީއެވެ.

 

ދަޢުވާ ނުކުރާގޮތަށް ނިންމަވައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިކޮމިޝަނަށް އަނބުރާ ފޮނުއްވާ މައްސަލަތަކާ ގުޅިގެން މިކޮމިޝަނުން ޢަމަލުކުރަމުންދާ އުޞޫލަކީ، އެ މައްސަލައަކާގުޅިގެން ދަޢުވާ ނުކުރުމަށް ނިންމެވި ސަބަބު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސާފުކުރުމާއި، އެފަދަ މައްސަލަތައް މިކޮމިޝަނުން އިތުރަށް ދިރާސާކުރުމަށްފަހު ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25ވަނަ މާއްދާގެ (ހ)ގެ ދަށުން މިކޮމިޝަނުން އެ މައްސަލައަކާމެދު ގޮތެއް ނިންމުމެވެ. މިއީ، މިފަދަ މައްސަލަތަކާ ގުޅިގެން ވޭތުވެދިޔަ ތަނުގައިވެސް މިކޮމިޝަނުން ޢަމަލުކުރަމުންދާ އުޞޫލެވެ.

 

މިހެންވެ، މިކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×