ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން ހދ.ކުޅުދުއްފުށީގައި ޢިމާރާތްކުރެވޭ 165 ރޯހައުސްގެ މައްސަލަ ތަޙުޤީޤުކޮށް ނިންމައިފ

07 Jan 2016

“ގެދޮރުވެރިކުރުން” ޕްރޮގްރާމްގެ ދަށުން ހދ.ކުޅުދުއްފުށީގައި ޢިމާރާތްކުރެވޭ 165 ރޯހައުސްގެ ތެރެއިން ހދ.ކުޅުދުއްފުއްޓަށް ހުޅުވާލެވުނު 100 ރޯހައުސް ލިބޭ ފަރާތްތައް ހޮވުމަށްޓަކައި ބޭއްވި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވާ ގޮތާ ގުޅޭގޮތުން މިކޮމިޝަނަށް ޝަކުވާ ހުށަހެޅުމާ ގުޅިގެން އެމައްސަލަ މިކޮމިޝަނުން ތަޙްޤީޤު ކޮށް ނިންމައިފިއެވެ.

އެގޮތުން އެ މައްސަލަ ބެލިބެލުމުގައި، ރޯހައުސް ލިބޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބޭ ތަރުތީބުންކަމާއި، ޕޮއިންޓް އެއްވަރުވެއްޖެނަމަ ގުރުއަތު ލައިގެންކަމަށް ރޯހައުސްއަށް އެދި ހުށަހަޅާ ފޯމުގެ “ސަމާލުކަމަށް” މިސުރުޚީގެ ދަށުގައި ބަޔާންކޮށްފައިވާކަމާއި، ރޯހައުސްއަށް އެދުނު ފަރާތްތަކުގެ ތެރެއިން 78 ފަރާތަކަށް 30 ޕޮއިންޓުން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާއިރު، އެ 78 ފަރާތަށް ގުރުއަތަކާ ނުލައި ރޯހައުސް ލިބޭނެކަމާއި، 30 ޕޮއިންޓަށްވުރެ ދަށުން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ލިބިފައިވަނީ 25 ޕޮއިންޓް ކަމާއި، ނަމަވެސް 25 ޕޮއިންޓް ލިބިފައިވާ 71 ފަރާތް ތިބުމާއެކު، ބާކީހުރި 22 ރޯހައުސް ލިބޭ ފަރާތްތައް ހޮވަންޖެހެނީ މިދެންނެވި 71 ފަރާތުގެ މެދުގައި ގުރުއަތު ލައިގެންކަން ފާހަގަކުރެވިފައިވެއެވެ.

މިދެންނެވުނު ކަންކަން އެގޮތަށް ހުރިނަމަވެސް، އޭގެފަހުން 25 ޕޮއިންޓް ލިބުނު ފަރާތްތަކާއެކު 20 ޕޮއިންޓް ލިބުނު ފަރާތްތައްވެސް ހިމަނައިގެން 22 ރޯހައުސް ލިބޭ ފަރާތްތައް ހޮވުމަށް ގުރުއަތުލުމަށް ހަމަޖައްސައި، އެގޮތުގެމަތިން ގުރުއަތުލާފައިވާކަމަށް މިކޮމިޝަނަށް ހުށަހެޅި ޝަކުވާއާ ގުޅިގެން އެކަން ބެލިބެލުމުގައި، އެކަން ކޮށްފައިއެވަނީ ރޯހައުސްއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާގޮތާ ޚިލާފަށްކަމަށް ވުމާއެކު، އެ ގުރުއަތުލުން ބާޠިލުކޮށް، 20 ޕޮއިންޓް ލިބުނު ފަރާތްތައް ގުރުއަތުގައި ނުހިމަނައި ހަމައެކަނި 25 ޕޮއިންޓް ލިބުނު ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ލައިގެން 22 ރޯހައުސް ލިބޭ ފަރާތްތައް ހޮއްވެވުމުގެ ކަންތައް ކުރިޔަށް ގެންދިއުމަށް، 22 ޑިސެންބަރު 2015 ގައި ހދ.ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގައި ދަންނަވާފައިވާނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×