އިންޑިޔާ ހައިކޮމިޝަނަރ އާ އޭސީސީން ބައްދަލުކޮށްފި

24 Jan 2016

ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ކުރަމުންދާ އެކިއެކި މަސައްކަތް ތަކުގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަން ލިބެންހުރި ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ރާއްޖޭގައި ހުންނަވާ އިންޑިޔާގެ ހައިކޮމިޝަނަރ ހިޒް އެކްސެލެންސީ އަކިލޭޝް މިޝްރާ އާ މިއަދު ބައްދަލު ކޮށްފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގައި ބޭއްވުނު މި ބައްދަލުވުމުގައި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ އަކިލޭޝް މިޝްރާ އާއެކު ކޮމިޝަންގެ ރައީސްއާއި ކޮމިޝަންގެ މެމްބަރުން ބައިވެރިވެލެއްވިއެވެ.

މިބައްދަލުވުމުގައި ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީގެ ފަރާތުން ކުރާ މަސައްކަތުގައި އިންޑިޔާ ސަރުކާރުގެ އެހީތެރިކަން ލިބޭނެ ގޮތްތަކާ ބެހޭގޮތުންނާއި، ކޮމިޝަނުގެ މުވައްޒަފުންނަށް ފަންނީ ދާއިރާތަކުން ތަމްރީނު ދިނުމުގައި އިންޑިއާގެ ސީ.ބީ.އައި އެކަޑަމީން ފުރުޞަތު ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެއިތުރުން، ކޮމިޝަނުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އެކަށައަޅާފައިވާ ހަރަކާތްތައް ތަންފީޒުކުރުމުގައްޔާއި، ކޮމިޝަނުން އިސްނަގައިގެން އެކުލަވާލަމުން ގެންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ތަންފީޒުކުރުމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން މާލީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާމެދު މަޝްވަރާކުރެވުނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×