އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރު ކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމާއި ތަންފީޒުކުރުމާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ގާލް ގައިޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު 24 ޖަނަވަރީ 2016 ވީ އާދީއްތަ ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ބާއްވައިފިއެވެ.
މިބައްދަލުވުމުގައި ގާލް ގައިޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރީންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަދި ސެކްރެޓަރީ ޖެނެރަލް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ޚާއްޞަ ވަގުތުކޮޅެއް ހިމަނާލެވުނެވެ. އަދި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންނާއި، ނަޒާހަތްތެރިކަން ކުރިއެރުވުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ގާލް ގައިޑް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދެވިދާނެ ޙަރަކާތްތަކާ ބެހޭގޮތުން މި ބައްދަލުވުމުގައިވަނީ މަޝްވަރާ ކުރެވިފައެވެ.
2016 އަހަރީ ރިޕޯޓް
ޕޮޒިޓިވް ތިންކިންގ އަދި ޕޮޒިޓިވް އެޓިޓިއުޑް އާބެހޭ ޓްރޭނިންގ
މަގޭ ވޯޓް – މަގޭ ނަޒާހަތްތެރިކަން” ކެމްޕޭން”



