ފާއިތުވި 2015 ވަނަ އަހަރު 2030 ފަރާތަކަށް އެންޓި-ކޮރަޕްޝަންއާގުޅޭ ތަމްރީނު ދީފި

28 Jan 2016

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކޮރަޕްޝަންގެ ޢަމަލުތަކާ މެދު ރައްޔިތުން ހޭލުންތެރިކޮށް ނަޒާހަތްތެރިކަން ކުރިއެރުމަށް ހިންގުނު ޙަރަކާތްތަކުގައި 2015 ވަނަ އަހަރު ޖުމްލަ 2030 ފަރާތެއް ވަނީ ތަމްރީން ކުރެވިފައެވެ.  މީގެ ތެރޭގައި، މާލޭގެ އިދާރާތަކަށް ޚާއްޞަކުރެވިގެން،  ޖުމްލަ 19 ސެޝަން ހިންގައި 392 މުވައްޒަފުން ތަމްރީނު ކުރެވިފައިވެއެވެ. އަދި އަތޮޅުތެރޭގައި 52 ސެޝަން ހިންގައި 807 މުވައްޒަފުންވަނީ ތަމްރީނު ކުރެވިފައިވެއެވެ. ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުމުގެ މަޤްޞަދަކީ ކޮރަޕްޝަންގެ ޢަމަލުތަކާ ދެކޮޅަށް މުވައްޒަފުން ހޭލުންތެރިކޮށް ކޮރަޕްޝަންގެ ގެއްލުން އަންގައިދިނުމާއި، ޕްރޮކިއުމަންޓާގުޅޭ މަޢުލޫމާތު މުވައްޒަފުންނާ ޙިއްޞާކޮށް ދައުލަތުގެ މުވައްޒަފުންގެ މެދުގައި ނަޒާހަތްތެރިކަން އަށަގެންނެވުމެވެ.

އަދި ހަމައެއާއެކު، ކޮރަޕްޝަންގެ ގެއްލުމާމެދު ސްކޫލު ދަރިވަރުން ހޭލުންތެރިކުރުވައި، ނަޒާހަތްތެރިކަމަށް އަހުލުވެރިކުރުމުގެ ގޮތުން 2015 ވަނަ އަހަރުގެ ތެރޭގައި ޖުމްލަ 15 ސެޝަން ހިންގައި 831 ދަރިވަރުން ތަމްރީނު ކުރެވިފައިވެއެވެ. މި ޓްރެއިނިން ސެޝަންތަކުގައި ނަޒާހަތްތެރިކަމާއި، ރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ދައުރާއި  ކޮރަޕްޝަން ހުއްޓުވުމާއި ވިޔަނުދިނުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރެވިފައިވެއެވެ.

 

1


ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×