މޮރޮކޯގައި ކުރިއަށްދާ ފަސްވަނަ އައި.އޭ.އޭ.ސީ.އޭ އެނުއަލް ކޮންފަރެންސް އެންޑް ޖެނެރަލް މީޓިންގ ގައި މިކޮމިޝަނުގެ ރައީސް ތަޤުރީރުކުރައްވައިފި

23 Oct 2011


22 އޮކްޓޯބަރ 2011 ން 23 އޮކްޓޯބަރ 2011 ށް މޮރޮކޯގައި ކުރިއަށްދާ ފަސްވަނަ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް އެންޓި-ކޮރަޕްޝަން އޮތޯރިޓީގެ އެނުއަލް ކޮންފަރެންސް އެންޑް ޖެނެރަލް މީޓިންގ ގެ ދެވަނަ ސެޝަންގައި 22 އޮކްޓޯބަރ 2011 ވީ ހޮނިހިރު ދުވަހު މިކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ ތަޤުރީރު ކުރައްވައިފިއެވެ. ރައީސްގެ ތަޤުރީރުގައި ކުށްތައް ހުއްޓުމެއްނެތި ފެތުރެން ދިމާވާ ކަންކަން ދެނެގަތުމާއި، އެކަންކަން ހުއްޓުވުމާބެހޭގޮތުން އަލިއަޅުވާލެއްވިއެވެ. މިކޮންފަރެންސް މައިގަނޑުގޮތެއްގައި ބިނާވެފައިވަނީ ޔުނައިޓެޑް ނޭޝަން ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަންގެ ޗެޕްޓަރ 5 (އެސެޓްސް ރިކަވަރީ) އާ ބެހޭގޮތުން މަޝްވަރާކުރުމަށެވެ. ކޮންމެ އަހަރަކު އެއްފަހަރު ގިނަ ޤައުމުތަކެއްގެ ބައިވެރިވުމާއެކު ބާއްވަމުންދާ މިކޮންފަރެންސް ގައި މިކޮމިޝަނުގެ ނާއިބުރައީސް އަލްއުސްތާޛު މުޢައްވިޒު ރަޝީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ. މީގެއިތުރުން 24 އޮކްޓޯބަރ 2011 ން 28 އޮކްޓޯބަރ 2011 ގެ ނިޔަލަށް މޮރޮކޯގައި އޮންނަ 4 ވަނަ “ކޮންފަރެންސް އޮފް ދަ ސްޓޭޓްސް ޕާރޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެސްޝަން އެގެއިންސްޓް ކޮރަޕްޝަން” ގައި މިކޮމިޝަނުގެ ރައީސްއާއި، ނާއިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×