ތިލަފުށީގައި އިންޑަސްޓްރިއަލް ޒޯނެއް ޤާއިމްކުރުމަށްޓަކައި ބިން ހިއްކާނެ ފަރާތެއް ހޯދުމުގައި އަމަލުކޮށްފައިވާ ގޮތާބެހޭގޮތުން މިކޮމިޝަނުން ބެލި މައްސަލާ ގުޅޭ ލިޔުންތަކެއް ދީފައިނުވާމައްސަލަ، ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

29 Oct 2011

ތިލަފުށީގައި އިންޑަސްޓްރިއަލް ޒޯނެއް ޤާއިމުކުރުމަށް ބިން ހިއްކާނެ ފަރާތެއް ހޯދުމަށް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން ކުރި އިޢުލާނާ ގުޅިގެން، އަލުން ބިޑްކޮށްގެން އެމަސައްކަތް ބަޔަކާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔުމަށް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑަށް އަންގާފައިވީނަމަވެސް، މިކޮމިޝަނުން އެންގި އެންގުމާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާތީ،14 އޯގަސްޓް 2011ގައި މިކޮމިޝަނުން ތިލަފުށި ކޯޕަރޭޝަން ލިމިޓެޑަށް ގޮސް، އެކުންފުނިން ހޯދުމަށް އެދުނު މަޢުލޫމާތުތަކުގެ ތެރެއިން އެދުވަހު ދީފައިނުވާ ބައެއް ލިޔުންތަކާއި، ތިލަފުށި ހިއްކުމުގެ ޕްރޮޖެކްޓް އަލުން ބިޑަށް ލައިގެން ކުރިއަށް ގެންދިއުމަށް މިކޮމިޝަނުން އެންގި އެންގުމުގައި ޤާނޫނީ މައްސަލަތަކެއް ހުރިކަމަށް އެކުންފުންޏަށް ޤާނޫނީލަފާ ލިބުމާ ގުޅިގެން އެކަމުގައި ޢަމަލުކުރާނެ ގޮތުގެ ޙުކުމަކަށް އެދި ޝަރީޢަތަށް ހުށަހެޅުމަށް ބޯޑުން ނިންމާފައިވާ ބޯޑު ރިޒޮލިއުޝަންގެ ކޮޕީ މިކޮމިޝަނަށް ފޮނުވާނެކަމަށް އެކުންފުނީގެ ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް މެނޭޖަރ އަދި ކޮމްޕެނީ ސެކްރެޓަރީ ސ.ފޭދޫ އަޅިވިލާގޭ މުޙައްމަދު ލަޠީފު 21 އޯގަސްޓް 2011 ގައި ބުނެފައިވީނަމަވެސް، މިހާތަނަށްއެލިޔުންތައް މިކޮމިޝަނަށް ފޮނުވައިދީފައިނުވާތީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2000/2) ގެ 17 ވަނަ މާއްދާގެ (ހ) އާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/13) ގެ 27 ވަނަ މާއްދާގެ ދަށުން މުޙައްމަދު ލަޠީފުގެ މައްޗަށް ދަޢުވާކުރުމަށް އޮކްޓޯބަރ 2011 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×