އެންޓި-ކޮރަޕްޝަން ކޮމިޝަންގެ “ހެލްތް ސްކްރީނިންގ ޕްރޮގްރާމް 2016” ބާއްވައިފި

08 Feb 2016

އެންޓި-ކޮރަޕްޝަން ކޮމިޝަން ރެކްރިއޭޝަން ކްލަބް(އޭސީސީއާރުސީ)ގެ ފަރާތުން އިންތިޒާމުކޮށްގެން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ “ހެލްތް ސްކްރީނިންގ ޕްރޮގްރާމް 2016” ބާއްވައިފިއެވެ. 04 ފެބްރުވަރީ 2016 ވީ ބްރާސްފަތި ދުވަހު ކުރިއަށް ގެންދެވުނު މި ޕްރޮގްރާމް ހިންގާފައިވަނީ ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކުއެވެ. މި ޕްރޮގްރާމްގައި ޑައަބިޓީސް (ހަކުރު ބަލި) އާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމާއި، ބްލަޑް ގުލްކޯޒް( ލޭގައި ހަކުރު ހުންނަ ނިސްބަތް) ޓެސްޓުކުރުމާއި، ބްލަޑް ޕްރެޝަރ (ލޭގެ ޕްރެޝަރު) ބެލުމާއި، ބޮޑީ މާސް އިންޑެކްސް (ބީއެމްއައި)/ފެޓް ޕަރސެންޓޭޖް ބެލުމާއި، ޑައަބިޓީސް (ހަކުރު ބަލި) އަދި ބަލިޖެހުމަށް މަގުފަހި ކުރުވާ ކަންކަން ސްކްރީންކުރުމާއި، ލިބޭ ނަތީޖާއާ ގުޅޭގޮތުން  ޑޮކްޓަރުންނާއެކު ނުވަތަ އެޑިއުކޭޓަރުންނާއެކު “ވަން އޮން ވަން އެޑްވައިސް” ދިނުން ހިމެނުނެވެ. މި ޕްރޮގްރާމްގައި އޭސީސީގެ 73 މުވައްޒަފަކު ބައިވެރިވެފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×