ހއ.އަތޮޅުގޭގައި ހުރި ޑިޝް އެންޓަނާ، ގަވާއިދާ ޚިލާފަށް ވަކި ފަރާތަކަށް ދީފައިވާކަމަށް ކަމަށް ބެލެވޭ މައްސަލާގައި ދައުވާކުރުމަށް ފޮނުވައިފި

03 May 2012

ހއ.އަތޮޅުގޭގައި ހަރުކޮށްފައިހުރި 12 ފޫޓުގެ ޑިޝް އެންޓަނާ އަމިއްލަ ފަރާތަކަށް ދީފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ، މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް ބެލިއިރު، ހއ.އަތޮޅުގޭގައި ހުރި 12 ފޫޓްގެ ޑިޝް އެންޓަނާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުން ނީލަންކިޔުމެއްނެތި އަމިއްލަ ފަރުދަކަށް ދީފައިވާކަމަށް ފާހަގަކުރެވިފައިވެއެވެ. މިކަން ކޮށްފައިވަނީ އެދުވަސްވަރު ހއ.އަތޮޅު އޮފީސް ހިންގުމާ ޙަވާލުވެހުރި މަތިއުތުރު ޕްރޮވިންސްގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒްގެ ނާއިބު އާދަމް ނަޞީރު އެވެ.

އެހެންކަމުން، މިކަމަކީ އާދަމް ނަޞީރު، އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމަށް ކޮށްފައިވާ ކޮރަޕްޝަންގެ ޢަމަލެއްކަމަށް ބެލެވޭތީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ދަށުން އާދަމް ނަޞީރުގެ މައްޗަށް ދައުވާ ކުރުމަށް ޝަރީޢަތަށް ހުށަހެޅުމަށް 15 އެޕްރީލް 2012 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×