އޭ.ސީ.ސީ ގެ ތަޙްޤުކުރުމާބެހޭ އުޞޫލުގެ 20، 40، 60 އަދި 80 ވަނަ ބާބަށް ޢަމަލުކުރަން ފަށައިފި

16 Feb 2016

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޢަމަލު ކުރަމުންދާ ތަޙްޤީޤު ކުރުމާބެހޭ އުޞޫލުތައް ހަރުދަނާކޮށް އަލުން އެކުލަވާލުމަށް އޭ.ސީ.ސީ އިން ފަށާފައިވާ މަސައްކަތުގެ ދަށުން، އެކުލަވާލި ތަޙްޤީޤުކުރުމުގެ އުޞޫލުގެ ބާބު 20، 40، 60 އަދި 80 ކޮމިޝަނުން ފާސްކުރުމަށް ފަހު، އެ ބާބުތަކަށް 14 ފެބުރުވަރީ 2016 ވީ އާދިއްތަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށައިފިއެވެ.
މި އުޞޫލުގައި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، ތަޙްޤީޤްކުރުމުގައި ޝާމިލުވާ އިންވެސްޓިގޭޝަން އޮފިސަރުންނާއި، އެހެނިހެން މުވައްޒަފުން ޢަމަލުކުރާންޖެހޭ އެންމެހައި އިޖްރާޢަތުތަކާއި، އެ މައްސަލަތައް ތަޙްޤީޤްކުރުމުގައި ޝާމިލުވާ މުވައްޒަފުން އެންހަމައަކުން ޢަމަލުކުރާނެ މިންގަނޑުތައް ކަނޑައެޅިފައިވާނެއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަޙްޤީޤުކުރުމުގެ އުޞޫލުގެ ބާބު 20، 40، 60 އަދި 80 އަށް ޢަމަލުކުރަން ފެށުމުގެ ކުރިން، މި ބާބުތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރަންޖެހޭ މުވައްޒަފުން، ތަޙްޤީޤުކުރުމުގެ އުޞޫލަށް އަހުލުވެރިކުރުމުގެ ގޮތުން ޓްރެއިނިންގ ސެޝަންއެއް 11 ފެބުރުވަރީ 2016 ވީ ބުރާސްފަތި ދުވަހު އޭ.ސީ.ސީ ގައި ވަނީ ބާއްވާފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×