އޭސީސީ މުވައްޒަފުންގެ ފުރަތަމަ ބަހުސް މުބާރާތް ފެށިއްޖެ

16 Feb 2016

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މުވައްޒަފުންގެ މެދުގައި ބަހުސް މުބާރާތެއް ފެށިގެން ކުރިއަށް އެބަ ދެއެވެ.

މި މުބާރާތަކީ ކޮރަޕްޝަނާ ދެކޮޅަށް ދުނިޔޭގެ އެކި ޤައުމުތަކުގައި ޝާއިޢު ކުރެވިފައިވާ ދިރާސާތަކާމެދު މުވައްޒަފުން ހޭލުންތެރި ކުރުވުމާއި، ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ޝައުޤު އުފައްދައި ވާހަކަ ދެއްކުންތެރިކަން އޭސީސީގެ މުވައްޒަފުންގެ މެދުގައި އަށަގެންނެވުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

އޭސީސީގެ މުވައްޒަފުންގެ ތެރެއިން 8 ޓީމެއް ބައިވެރިވާ މި މުބާރާތް ކުރިއަށް ދަނީ ނޮކައުޓް އުޞޫލުންނެވެ. މި މުބާރާތް ފައްޓަވައި ދެއްވުމުގެ ގޮތުން 15 ފެބްރުއަރީ 2016 ވަނަ ދުވަހު ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، މުބާރާތް ފައްޓަވާދެއްވީ އެންޓި- ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×