ބިތުފަންގި-2 ޓީވީ ސިލްސިލާ ޕްރޮގްރާމް ދެއްކުމަށް ސަންގު ޓީވީއާއެކު އިއްޔެ (16 ފެބުރުވަރީ 2016) ފަހުމުނާމާގައި ސޮއިކޮށްފިއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އުފައްދާފައިވާ 13 އެޕިސޯޑުގެ މައްޗަށް އެކުލެވޭ ބިތުފަންގި-2 ޓީވީ ޕްރޮގްރާމް ބްރޯޑްކާސްޓްކުރުމަށް 6 ޓީވީ ޗެނަލްއަކާއެކު ހޯމަ ދުވަހު (15 ފެބުރުވަރީ 2016) ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ. މިފަހުމުނާމާގެ މަޤްސަދަކީ އެޕްރޮގްރާމް ބްރޯޑްކާސްޓްކޮށްގެން ކޮރަޕްޝަނާއި، ކޮރަޕްޝަންގެ ސަބަބުން މުޖުތަމަޢަށްކުރާ ނޭދެވޭ އަސަރުތަކާމެދު ދިވެހި މުޖުތަމަޢު ހޭލުންތެރި ކުރުވައި، ދިވެހި މުޖުތަމަޢަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖުތަމަޢެއްކަމުގައި ހެދުމަށް މަސައްކަތްކުރުމެވެ.
އޭސީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރައްވާފައިވަނީ ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ. އަދި ސަންގު ޓީވީގެ ފަރާތުން ސޮއިކުރެއްވީ ސަންގު ޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހިމް ވަހީދެވެ.
ބިތުފަންގި ސިލްސިލާ ޕްރޮގްރާމްތައް ޕްރިމިއަރކުރުމަށް ހަމަޖެހިފައިވަނީ 22 ފެބުރުވަރީ 2016 ގައި އޮލިމްޕަސް ހޯލްގައި ބޭއްވޭ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ސަންގު ޓީވީއާއެކުވެސް ފަހުމުނާމާގައި ސޮއިކޮށްފި
17 Feb 2016