ކްލަބް މޯލްޑިވްސްގެ މައިލޯ ކްލަބް މޯލްޑިވްސް ކަޕް 2016 އާއި 18/30، ވިމެންސް ފުޓްސަލް ފިއެސްޓާގެ “ސޯޝަލް ޕާޓްނަރ” އެއްގެ ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ކްލަބް މޯލްޑިވްސްއާ ދެމެދު، ފަހުމުނާމާއެއްގައި މިއަދު (16 ފެބުރުވަރީ 2016) ސޮއިކޮށްފިއެވެ.
މިފަހުމުނާމާގެ ސަބަބުން ކްލަބް މޯލްޑިވްސްއިން ބާއްވާ ފުޓްސަލް މުބާރާތް ކުރިއަށްދާއިރު ފުޅާ ދާއިރާއެއްގައި ނަޒާހަތްތެރިކަމާ ގުޅޭ ޕްރޮގްރާމްތައް ހިންގޭނެއެވެ.
އޭސީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރައްވާފައިވަނީ ކޮމިޝަނުގެ ނާއިބުރައީސް އަލްއުސްތާޛް މުޢައްވިޒް ރަޝީދެވެ. އަދި ކްލަބް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޓްރެޝަރަރ އަލްފާޟިލް ޢަބްދުލް ރަޝީދު ޢަލީއެވެ.
އޭސީސީއާއި ކްލަބް މޯލްޑިވްސްއިން ފަހުމުނާމާއެއްގައި ސޮއިކޮށްފި
18 Feb 2016
2016 އަހަރީ ރިޕޯޓް
ޕޮޒިޓިވް ތިންކިންގ އަދި ޕޮޒިޓިވް އެޓިޓިއުޑް އާބެހޭ ޓްރޭނިންގ
މަގޭ ވޯޓް – މަގޭ ނަޒާހަތްތެރިކަން” ކެމްޕޭން”