އޮޑިޓަރ ޖެނެރަލް އާއި އޮޑިޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފުން 25 ފެބުރުވަރީ 2016 ގައި ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރައްވައިފިއެވެ. މިއަދު އޮޑިޓަރ ޖެނެރަލް އޮފީހުގެ ކޮންފަރެންސް ރޫމްގައި ބޭއްވުނު ރަސްމިއްޔާތުގައ އޮޑިޓަރ ޖެނެރަލްގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް އަލްފާޟިލް އިބްރާހިމް އައިމަން އާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ ވާހަކަފުޅުދައްކަވައިފައިވެއެވެ.
ދައުލަތުގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުންނަކީ ނަޒާހަތްތެރިކަން އިސްކުރާ ބަޔަކަށް ހެދުމަށް ބާރުއެޅުމަށާއި، ދިވެހި މުޖުތަމަޢަކީ ކޮރަޕްޝަނުން އެއްކިބާ ވެފައިވާ ނަޒާހަތްތެރި މުޖުތަމަޢަކަށް ހެދުމުގެ މަޤްޞަދުގައި ތަޢާރަފްކޮށްފައިވާ މިވަޢުދުގައި ސޮއިކުރުމުގެ ފުރުޞަތު ދައުލަތުގެ ހުރިހާ އިދާރާއަކަށްވަނީ ހުޅުވައިލެވިފައެވެ. އަދި މިކޮމިޝަނުން އިސްނެގުމުގެ މަތިން ދައުލަތުގެ ބައެއް އިދާރާތަކަށް ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރުމަށް ދަޢުވަތު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފި
28 Feb 2016