ޮމިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ ތަޙްޤީޤުކުރުމަށްޓަކައި ކޮމިޝަންގެ ތަޙްޤީޤު ޓީމުތައް އަތޮޅުތެރޭގައި

01 Mar 2016

މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން، އަތޮޅުތަކަށް ދަތުރުކޮށްގެން ތަޙްޤީޤުކޮށް ބަލަންޖެހޭ މައްސަލަތަކެއް ތަޙްޤީޤުކުރުމަށްޓަކައި، 1 މާރިޗު 2016 ން ފެށިގެން ކޮމިޝަންގެ 3 ތަޙްޤީޤު ޓީމެއް 2 އަތޮޅަކަށް ކުރާ ދަތުރެއްގައި މިހާރު އެ އަތޮޅުތަކުގައި ޙަރަކާތްތެރިވަމުން އެބަގެންދެއެވެ. މި ޓީމުތަކުން މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ރ.އަތޮޅު އަދި ގދ.އަތޮޅުގައެވެ.

1 މާރިޗު 2016 ން ފެށިގެން 21 މާރިޗު 2016 ށް ކުރިއަށް ގެންދާ މިދަތުރުތަކުގައި ކޮމިޝަނުގެ 13 އިންވެސްޓިގޭޓަރުން ބައިވެރިވެއެވެ. އަދި އެ އިންވެސްޓިގޭޓަރުން 17 ރަށަކަށް ގޮސް 55 މައްސަލަ ތަޙްޤީޤުކުރުމަށް ވަނީ ހަމަޖެހިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×