އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންނަށް ދައުލަތުގެ މާލިއްޔަތާބެހޭ ގަވާއިދާއި، އޭސީސީގެ ޕްރޮކިޔުމަންޓާބެހޭ އުޞޫލުތަކަށް އަހުލުވެރި ކުރުމުގެ ޓްރޭނިންގ ޕްރޮގްރާމެއް މިއަދު (1 މާރިޗު 2016) ގައި ހިންގައިފިއެވެ. ޓްރޭނިންގ ޕްރޮގްރާމުގައި ކޮމިޝަންގެ 21 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މިޓްރޭނިންގ ޓްރޭނިންގ ޕްރޮގްރާމްގައި ސެޝަންތައް ނަންގަވާ ދެއްވީ އޭސީސީގެ އެޑިއުކޭޝަން އެންޑް އެވެޔަރނަސް ޔުނިޓާއި، އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރައްވާ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތްތަކުންނެވެ. މި ޓްރޭނިންގައި ތަކެތި ގަތުމާއި ޚިދްމަތް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތައް އެކި އިދާރާތަކުގައި ހިނގާ ކަންކަމުގެ މަޢޫލޫމާތާއި، ޕްރޮކިއުމަންޓާއި ބިޑިންގ ޕްރޮސެސްގައި ހިނގާ އެކިއެކި ކަންކަމުގެ މަޢުލޫމާތާއި، އޭސީސީއިން ޢަމަލުކުރާ އާންމު އުޞޫލުތަކާއި، ބިޑް އިވެލުއޭޓްކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، އިޞްލާޙްކުރަމުންދާ މާލިއްޔަތު ޤަވާއިދާއި މިހާރުގެ ޤަވާއިދުގައި ހުރި ތަފާތުތަކުގެ މަޢުލޫމާތު ބައިވެރިންނަށް ދީފައިވެއެވެ. މި ފަދަ ޕްރޮގްރާމުތައް ދައުލަތުގެ އިދާރާތަކުގެ ތެރެއިން އެކަމަށް އެދިލައްވާ އިދަރާތަކަށް އޭސީސީގެ ފަރާތުން ކުރިއަށް ގެންގޮސްދެއްވައެވެ.
އޭސީސީގެ މުވައްޒަފުން މާލިއްޔަތު ޤަވާއިދާއި ޕްރޮކިއުމަންޓާބެހޭ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި
03 Mar 2016