ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނެޓްވަރކް ސަރވަރއަކާއި އެއާގުޅޭ އެހެނިހެން ސާމާނުތަކެއް ހޯދުމަށް ކޮށްފައިވާ އިޢުލާން ބާޠިލްކުރަން އަންގައިފި

14 May 2012

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ނެޓްވަރކް ސަރވަރއަކާއި އެއާގުޅޭ އެހެނިހެން ސާމާނުތަކެއް ހޯދަން ބޭނުންވެގެން ކޮށްފައިވާ ނަންބަރު: 198-F/2012/56 އިޢުލާނާ ގުޅިގެން މިކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް މިކޮމިޝަނުގެ ފަރާތުން ބެލިއިރު، އެތަކެތި ގަތުމަށް ވަކި ބްރޭންޑަކަށް ޚާއްޞަކޮށްގެން އިޢުލާންކޮށްފައިވާތީ، ދަޢުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.01 (ނ) ގައި، ބީލަމުގެ ކަންތައް ވާދަވެރި ގޮތެއްގައި ގެންދިއުމަށްޓަކައި ހަމަހަމަ ފުރުޞަތުތަކެއް، ޤާބިލް ފަރާތްތަކަށް ދޭންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކޮށްފައިވާ ނަންބަރު: 198-F/2012/56 އިޢުލާނުގައި ތަކެތި ބައްލަވައިގަތުމަށް ވަކި ބްރޭންޑެއް ޚާއްޞަކުރައްވައި ބަޔާންކޮށްފައިވާތީ، އެކަމުގެ ސަބަބުން އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އޮތް ހަމަހަމަ ފުރުޞަޠު ގެއްލިގެންދާކަން މިކޮމިޝަނަށް ފާހަގަކުރެވޭތީއާއި އޭގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެދާނެކަމަށް ފެންނާތީ، އެއިޢުލާން ބާޠިލްކުރުމަށްފަހު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް، އަލުން އިޢުލާން ކޮށްގެން އެތަކެތި ގަތުމުގެ ކަންތައް ކުރިޔަށް ގެންދިއުމަށް 13 މެއި 2012 ގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށްވާނީ އަންގާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×