އެމް.ޕީ.އެލްގެ ބޭނުމަށް ބަންނަމުންގެންދާ ޓަގް ބޯޓުގެ މަސައްކަތް މުޅިން ނިމި، އެބޯޓް އެމް.ޕީ.އެލްއާ ޙަވާލުކުރުމުގެ ކުރިން، އެމަސައްކަތް ޙަވާލުކޮށްފައިވާ ފަރާތަށް އިތުރު ފައިސާއެއް ދޫނުކުރުމަށް އަންގައިފި

15 May 2012

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ ބޯޑް މެދުވެރިކޮށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ޓަގް ބޯޓެއް ބަނުމަށް 18 ނޮވެމްބަރ 2008 ގައި ސެންޓަރ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކޮށްގެން ކުރަމުންދާ މަސައްކަތާ ގުޅިގެން، މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކުރި ކުރުމުގައި، ޓަގު ބޯޓް ބަނދެ އެމް.ޕީ.އެލްއާ ޙަވާލުކުރުމުގެ ކަންތައް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުރިޔަށްނުދާކަން ވަނީ ފާހަގަކުރެވިފައިވެއެވެ. އަދި މިމަސައްކަތަށް އެއްބަސްވެފައިވާ އަގުގެ %49 ޕަސެންޓް މިހާތަނަށް ދޫކުރެވިފައިވީނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިޔަށްނުދާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން، އެމް.ޕީ.އެލްގެ ބޭނުމަށް ބަންނަމުންގެންދާ ޓަގް ބޯޓުގެ މަސައްކަތް މުޅިން ނިމި، އެބޯޓް އެމް.ޕީ.އެލްއާ ޙަވާލުކުރުމުގެ ކުރިން، އެމަސައްކަތް ޙަވާލުކޮށްފައިވާ ފަރާތަށް އިތުރު ފައިސާއެއް ދޫނުކުރުމަށް 17 ޖެނުއަރީ 2012 ގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވާނީ އަންގާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×