މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިކޮމިޝަނުގެ މަސައްކަތަށް ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވައިފި

24 May 2012

ދިވެހި މުޖުތަމައިން ކޮރަޕްޝަން ނައްތާލުމަށާއި ކޮރަޕްޝަނުގެ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތްތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެއްވަމުން ގެންދަވާ އެހީތެރިކަމާ އެއްބާރުލެއްވުމަށް މިކޮމިޝަނުގެ ފަރާތުން ނިޔާހަތަށް ޝުކުރު ދަންނަވަމެވެ.

މިކޮމިޝަނުގެ މަސައްކަތަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވެދެއްވަމުންގެންދަވާ އެހީތެރިކަމަކީ، ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށާއި، ދިވެހި މުޖުތަމައު ނަޒާހަތްތެރި މުޖުތަމައަކަށް ހެދުމަށް އެމުއައްސަސާއިންވެސް އަތުކުރި އޮޅާލާފައިވާކަމުގެ ހެއްކެކެވެ.

މިކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާގުޅިގެން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އޮފީސްތައް ޗެކްކުރުމަށް އިއްޔެއާއި މިއަދު މިކޮމިޝަނުން ހިންގި ޚާއްޞަ އޮޕަރޭޝަންގައި ދިވެހި ފުލުންހުންގެ މުއައްސަސާގެ ބައިވެރިވެލެއްވުމާއި ދެއްވި އެއްބާރުލެއްވުމާއި ވެދެއްވި އެހީތެރިކަމަށްވެސް މިފުރުޞަތުގައި ފަށްފަށުން ޝުކުރު ދަންނަވަމެވެ. މިއޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރިޔަށް ގެންދެވުނީ ފުލުހުންގެ މުއައްސަސާގެ އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގެންކަމުގައި މިކޮމިޝަނުން ދެކެމެވެ. އަދި ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް މިކޮމިޝަނުން ކެނޑިނޭޅި ކުރަމުންމިގެންދާ މަސައްކަތްތަކުގައި، މިކޮމިޝަނުގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ދިމާވާދަތިތައް ހައްލުކޮށް ދެއްވުމުގައި ދިވެހި ފުލުހުންގެ މުއައްސަސާގެ ފުރިހަމަ އެއްބާރުލެއްވުމާއި، އެހީތެރިކަން އެމުއައްސަސާއިން މިހާތަނަށް ވަރަށް ފުރިހަމަޔަށް ދެއްވާފައިވާކަން ފާހަގަކުރަމެވެ.

މިކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން 23 މެއި 2012 ން ފެށިގެން މިކޮމިޝަނުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި ތަޙުޤީޤަށް މިކޮމިޝަނަށް ގެނެވިފައިވާ ތަކެތި ފޮރެންސިކް ތަޙުޤީޤުކުރުމަށްޓަކައި ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓާ މިހާރުވަނީ ޙަވާލުކުރެވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×