އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ކޮރަޕްޝަނާ ދެކޮޅަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާއާއި ގުޅިގެން “ބިތުފަންގި” ސިލްސިލާ ރޭޑިއޯ ޕްރޮގްރާމް ބްރޯޑްކާސްޓްކުރަން ފަށައިފިއެވެ. 13 އެޕިސޯޑުގެ މައްޗަށް އެލުލެވޭ މި ސިލްސިލާގައި ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ކޮރަޕްޝަންގެ ސަބަބުން ތަފާތު ދާއިރާތަކަށް ކުރިމަތިވާ ގެއްލުންތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޑްރާމާ ތަކެކެވެ.
މި ސިލްސިލާ ދިވެހިރާއްޖޭގެ އަޑުން ކޮންމެ ހޯމަ ދުވަހެއްގެ ރޭ 11:15 ގައި އަދި ރިޕީޓް ކޮންމެ ބުދަ ދުވެހެއްގެ ރޭ 00:30 ގައި ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.
ބިތުފަންގި ރޭޑިއޯ ޕްރޮގްރާމް ބްރޯޑްކާސްޓްކުރަން ފަށައިފި
14 Mar 2016