އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި

14 Mar 2016

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ދެމުއައްސަސާއަށް ޤާނޫނުން ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމާއި މަސައްކަތްތަކުގައި ގުޅިގެން މަސައްކަތް ކުރުމާއި އެއްބާރުލުން އިތުރު ކުރުމާއި ގުޅޭގޮތުން ދެމުއައްސަސާގެ ދެމެދުގައި އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްއޯޔޫގެ މައިގަނޑު މަޤުޞަދަކީ، ދެމުއައްސަސާއިން ކުރަންޖެހޭ ކަންކަމުގައި ލަފަޔާއި ޚިޔާލާއި، އެހީތެރިކަން ދިނުމާއި، ތަމްރީނު ޕްރޮގްރާމްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ދެމުއައްސަސާއިން ތަންފީޛުކުރާ ޤާނޫނުތަކާއި ގަވާއިދުތައް ފުރިހަމަ ގޮތުގައި ތަންފީޛުކުރުމަށް އެހީތެރިވެދޭނެ މަޢުލޫމާތު ހިއްސާ ކުރުމުގެ އިތުރުން ނަޒާހަތްތެރިކަމުގެ ޤައުމީ ޕްލޭން ތަންފީޛުކުރުމުގައި ދެމުއައްސަސާއިން ގުޅިގެން މަސައްކަތް ކުރުމެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު (14 މާރިޗު 2016) ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފޮމޭޝަން ކޮމިޝަނަރު އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×