ގދ.ތިނަދޫ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ވަކި ފަރާތަކަށް ޙަވާލުކުރުމުގައި، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ބެލެވޭ މައްސަލައެއް ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

12 Jun 2012

ގދ. ތިނަދޫ އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އެއޮފީހުން ކުރި އިޢުލާނަކާ ގުޅިގެން 20 ޖެނުއަރީ 2011 ގައި އެކަމަށް އެދި އެ އޮފީހަށް ޕްރޮޕޯސަލް ހުށަހެޅި 5 ފަރާތަށް މާކްސް ދިނުމުގައި، އެ ބީލަމާ ގުޅިގެން ދޫކުރި މަޢުލޫމާތުކަރުދާހުގައި ޕްރޮޕޯސަލްތަކަށް މާކުސް ދޭނެގޮތް ބަޔާންކޮށްފައިވާއިރު ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ތަޖުރިބާއަށް މާކުސް ދޭގޮތަށް ކަނޑައަޅާފައި ނުވިނަމަވެސް، ޕްރޮޕޯސަލްތައް ވަޒަން ކުރުމުގައި އެ ބަޔަށް މާކުސް ދިނުމުގެ ސަބަބުން އެންމެ ކުޑަ އަގު ހުށަހެޅި ފަރާތް ނޫން އެހެން ފަރާތަކަށް ބީލަން ކާމިޔާބުވެފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް މިކޮމިޝަނުން ތަޙްޤީޤުކުރިކުރުމުގައި، ޕްރޮޕޯސަލްތައް ވަޒަންކުރުމުގައި އިވެލުއޭޝަން ކޮމިޓީން ޢަމަލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (11 ފެބްރުއަރީ 2009) ގެ ބާބު 15 ގެ 46 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަން ތަޙްޤީޤަށް އެނގެން އޮތުމުންނާއި؛ މިކަންކަން މިގޮތަށް ކުރުމުގެ ނަތީޖާއަކީ، އަގާއި ފެންވަރުގެގޮތުން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތްކަމަށް ބެލެވެންނެތް ފަރާތަކަށް މިބީލަން ކާމިޔާބުވުންކަމަށްވާތީއާއި؛ މިކަންކަމަށް ޖުމުލަކޮށް ނަޒަރުކުރުމުން، ޕްރޮޕޯސަލްތައް ވަޒަންކޮށް، ވަކިވަކި ކެޓެގަރީތަކުން ބީލަންވެރިންނަށް މާކުސް ދިނުމުގައި، މިބީލަން ވަކިފަރާތަކަށް ކާމިޔާބުކޮށްދިނުމުގެ ނިޔަތުގައި، އިވެލުއޭޝަން ކޮމިޓީގެ މެންބަރުން އެމީހުންގެ މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ؛ މިކަމަކީ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެގޮތުގައި ތިބި އާދަމް ޝަރީފާއި ނަޞްރުﷲ ޢަފީފާއި މުޙައްމަދު ޢަބްދުﷲ އާއި ސަޢުދު ޢަލީ، މިބީލަން ކާމިޔާބުކުރި އޭ.އާރ.ޑީ.ކޭ. އިންވެސްޓްމަންޓަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާކަމެއްކަން މިމައްސަލައިގެ ތަޙްޤީޤަށް ސާބިތުވާތީ؛ ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެދަށުން، އާދަމް ޝަރީފް (ނާރެސް، ގދ. ތިނަދޫ / ދ.ރ.ކ ނަންބަރު: A034848) އާއި ނަޞްރުﷲ ޢަފީފް (ފެހިކޮކާ، ގދ. ތިނަދޫ / ދ.ރ.ކ ނަންބަރު: A099540) އާއި މުޙައްމަދު ޢަބްދުﷲ (ފްލޮރިޑާ، ގދ. ތިނަދޫ / ދ.ރ.ކ ނަންބަރު: 085482A) އާއި ސަޢުދު ޢަލީ (އަބުހަރީއާގެ، ގދ. ތިނަދޫ / ދ.ރ.ކ ނަންބަރު: A106026) ގެ މައްޗަށް ދަޢުވާކުރުމަށްޓަކައި 11 ޖޫން 2012ގައި މިމައްސަލަ ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×