އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށްޓަކައި ޖީ.އެމް.އާރ.-އެމް.އޭ.އެޗް.ބީ ކޮންސޯޓިއަމްއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް.)އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި އެ އެއަރޕޯޓުން ފުރާ ކޮންމެ އިންޓަރނޭޝަނަލް ފަސިންޖަރެއްގެ އަތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާރޖްގެ ގޮތުގައި 25/- (ފަންސަވީސް) ޔޫ.އެސް ޑޮލަރާއި، އިންޝުއަރެންސް ސަރޗާރޖްގެ ގޮތުގައި 2/- (ދޭއް) ޔޫ.އެސް ޑޮލަރު، ނަގަން ހަމަޖެހިފައިވަނިކޮށް، މަދަނީ ކޯޓުން އެފައިސާ ނުނެގޭނެކަމަށް ޙުކުމް ކޮށްފައިވަނިކޮށް، ސަރުކާރަށް ދައްކަންޖެހޭ ފައިސާއިން އެބައި ކަނޑާގޮތަށް އެއްބަސްވެފައިވާކަމަށް ބުނާ މައްސަލައެއް މިކޮމިޝަނަށް ހުށަހެޅުމާ ގުޅިގެން، އެމައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށްޓަކައި ޖީ.އެމް.އާރ.-އެމް.އޭ.އެޗް.ބީ ކޮންސޯޓިއަމްއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް.)އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ ދެމެދު 28 ޖޫން 2010ގައި ސޮއިކޮށްފައިވާ ކޮންސެޝަން އެގްރީމެންޓްގެ 7.2 އާއި އެނެކްސް 10ގެ (a) އަދި (b) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖީ.އެމް.އައި.އޭ.އެލްއަށް އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖްގެ ގޮތުގައި -/25 (ފަންސަވީސް) ޔޫ.އެސް ޑޮލަރު އަދި އިންޝުއަރެންސް ސަރޗާޖްގެ ގޮތުގައި -/2 (ދޭއް) ޔޫ.އެސް ޑޮލަރު ނެގޭ ގޮތަށް ހަމަޖެހިފައިވަނިކޮށް އެގްރީމަންޓްގެ 18.2ގައި ބަޔާންކޮށްފައިވާ ފަދަ ޕޮލިޓިކަލް ޙާލަތެއް ދިމާވުމުން ކަމުގައިބުނެ، 18.3 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަށްފަހު ކޮންޓްރެކްޓްގައި ބަޔާންކުރާ ގޮތުގެ މަތިން އެމް.އޭ.ސީ.އެލް އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމަށްފަހު، ޖީ.އެމްއައި.އޭ.އެލްގެ ނިންމުމާ އެއްގޮތަށް އެކުންފުނިން އެމް.އޭ.ސީ.އެލްއަށް ދައްކަންޖެހޭ ވޭރިއަބަލް އެނުއަލް ކޮންސެޝަން ފީ ނުވަތަ ފިއުލް ކޮންސެޝަން ފީއިން، އިންޝުއަރެންސް ސާރޗާރޖާއި އެއަރޕޯޓް ޑިވެލޮޕްމެންޓް ޗާރޖަށް ވާ ފައިސާ އުނިކުރުމުގެ ހުއްދަ އެމް.އޭ.ސީ.އެލް އިން 5 ޖެނުއަރީ 2012 ވަނަ ދުވަހު އެ ކުންފުނީގެ ނަންބަރު 116-K/GMIAL/2012/19 “ކޮންސެންޓް ލެޓަރ” އިން ދިނުމަށްފަހު، އެ ނިންމުން ވާނީ ކޮންސެޝަން އެގްރީމެންޓްގެ ބައެއްކަމަށް ކޮންސެންޓް ލެޓަރގައި ބަޔާންކޮށްފައިވީނަމަވެސް، އަދި އެމް.އޭ.ސީ.އެލް އިން ފޮނުވާފައިވާ ކޮންސެންޓް ލެޓަރއަށް ހަވާލާދީ އިންޝުއަރެންސް ސާރޗާރޖާއި އެއަރޕޯޓް ޑިވެލޮޕްމެންޓް ޗާރޖަށް ވާ ފައިސާ ކޮންސެޝަން ފީ އިން އުނިކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ޖީ.އެމް.އައި.އޭ.އެލްއަށް ދީ 05 ޖެނުއަރީ 2012 ގައި (ނަންބަރު 13-M/PRIV/2012/14) ސިޓީއެއް ފޮނުވާފައިވީނަމަވެސް، ސިވިލް ކޯޓުގެ ޙުކުމަކީ، އެގްރީމެންޓްގެ 18.1 ވަނަ މާއްދާގައި ބަޔާންކުރާފަދަ “ޕޮލިޓިކަލް އިވެންޓް” އަކަށް ނުވާތީއާއި؛
ޖީ.އެމް.އައި.އޭ.އެލް އިން އެމް.އޭ.ސީ.އެލް އަށް ކޮންމެ އަހަރަކު ދައްކަންޖެހޭ ވޭރިއަބަލް އެނުއަލް ކޮންސެޝަން ފީ އާއި ފިއުލް ކޮންސެޝަން ފީ އިން އިންޝުއަރެންސް ސާރޗާރޖް އުނިކުރުމަށް އެއްބަސްވެ އެގްރީމެންޓަށް އެ ބަދަލު ގެނައުމަށް ނިންމާ، އެމް.އޭ.ސީ.އެލްގެ އޭރުގެ ޗެއަރމަން އިބްރާހީމް ސަލީމް ސޮއިކޮށްފައިވަނީ ކުންފުނީގެ ބޯޑުން ނިންމައިގެންކަން އެނގެން ނެތުމާއި، އެކަން އެގޮތަށް ކުރުމަށް ކުންފުނީގެ ބޯޑުން އިބްރާހީމް ސަލީމަށް ހުއްދަދިންކަން އެނގެން ނެތުމާއި؛
އެގްރީމެންޓަށް ގެނެވޭ އުނިއިތުރަކަށް ނުވަތަ ބަދަލަކަށް ޢަމަލުކުރެވޭނީ، އެކަންތައްތައް ލިޔުމުން އެކުލަވާލައި އެގްރީމެންޓްގައި ބައިވެރިވާ ތިންފަރާތުން، ސޮއި ކުރުމުން ކަމުގައި އެގްރީމެންޓްގެ 24.5 ގައި ބަޔާންކޮށްފައިވާތީ، އެ ނިންމުންތަކަކީ އެއް ޑޮކިއުމެންޓެއްގައި ލިޔެވި އެގްރީމެންޓްގައި ބައިވެރިވާ ތިން ފަރާތުން ސޮއިކޮށްފައިވާ ލިޔުމަކަށް ނުވާތީ، އެއީ ޤާނޫނީ ބާރު ލިބިގެންވާ އެގްރީމަންޓްގެ ބައެއްގެ ގޮތުގައި ނުބެލެވޭނެތީ އާއި؛
ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) ގެ 9 ވަނަ މާއްދާގައި ދައުލަތުގެ ފައިސާއިން މަދުވާ މަދުވުމެއް، ނުވަތަ ގެއްލޭ ގެއްލުމެއް، ނުވަތަ އުނިވާ އުނިވުމެއް، ނުވަތަ އަނބުރާ ނުލިބޭނެ ދަޢުލަތުގެ ފައިސާ، ނުވަތަ ގެއްލިފައިވާ، ނުވަތަ ނައްތާލެވިފައިވާ، ނުވަތަ ހަލާކުވެފައިވާ، ނުވަތަ ބޭނުންކުރަން ކަމުނުދާ ދައުލަތުގެ މުދަލެއް އަނބުރާ ނުލިބޭނެ ކަމަށް ދޫކޮށްލެވޭނީ، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން މިނިސްޓަރ ކަމާބެހޭ ހިސާބުތަކުގައި ހިމެނުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެން ކަމުގައި ބަޔާންކޮށްފައިވާތީ ދައުލަތަށް ލިބެންޖެހޭ ފައިދާ އެއް ދޫކޮށްލުމުގެ ބާރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލިބިފައިނުވާތީ؛
ޖީ.އެމް.އައި.އޭ.އެލްއިން އެމް.އޭ.ސީ.އެލްއަށް ދައްކަންޖެހޭ ފިއުލް ކޮންސެޝަން ފީއިން އުނިކޮށްފައިވާ އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖް އަދި އިންޝުއަރެންސް ސަރޗާޖަށްވާ ފައިސާ ޖީ.އެމް.އައި.އޭ.އެލް އިން ހޯދުމުގެ މަސައްކަތް ޝަރީޢަތް މެދުވެރިކޮށް ނަމަވެސް ކުރުމަށް އެޓާރނީ ޖެނެރަލްގެ އޮފީހަށާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް 13 ޖޫން 2012ގައި ވަނީ އެންގިފައެވެ.