އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުން 14 މާރިޗު 2016 ގައި ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފިއެވެ. އެއޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި ވަޢުދުގައި ފުރަތަމަ ސޮއިކުރެއްވީ އިންފޮމޭޝަން ކޮމިޝަނަރ އަލްފާޟިލް ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރެވެ. އެއޮފީހުގެ 18 މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއި ކުރެއްވިއެވެ.
މިރަސްމިއްޔާތުގައި އިންފޮމޭޝަން ކޮމިޝަނަރ އަލްފާޟިލް ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ވަޢުދުގައި ސޮއި ކުރުމުގެ ބޭނުމަކީ ނަޒާހަތްތެރިކަންމަތީ ޚިދުމަތް ދިނުމަށް ބާރުއެޅުމާއި މިކަމަށް ރަސްމީ ހައިސިއްޔަތެއް ގެނައުން ކަމުގައެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންނާއި ބައެއް މުވައްޒަފުންވެސް ބައިވެރިވި މި ރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ވާހަކަފުޅު ދެއްކެވީ ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފި
15 Mar 2016