މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސްގެ މުވައްޒަފުން 14 މާރިޗު 2016 ގައި ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފިއެވެ. އެއޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި ވަޢުދުގައި ފުރަތަމަ ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯރޓްސް އޮނަރަބަލް އަލްފާޟިލް އަޙްމަދު ޡުހޫރާއި މިނިސްޓްރީގެ އިސްވެރިންނެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯރޓްސް އޮނަރަބަލް އަލްފާޟިލް އަޙްމަދު ޡުހޫރު ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ އެމިނިސްޓްރީއާއި، އެމިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން ނަޒާހަތްތެރިކަން ގެއްލޭ ފަދަ ޢަމަލުތައް ނުހިންގާނެކަމަށާއި، އަދި މިއަދު މިނިސްޓްރީއިންވެފައިވާ ވަޢުދާއި އެއްގޮތްވާގޮތުގެ މަތީން މިނިސްޓްރީއާ ގުޅިފައިވާ ކުޅިވަރު އެސޯސިއޭޝަންތަކުންވެސް މަސައްކަތްކުރާނޭކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ޔޫތު މިނިސްޓްރީގެ 59 މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރި މި ރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ވާހަކަފުޅު ދެއްކެވީ ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ އެވެ.
މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސްގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފި
16 Mar 2016