ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ނަޒާހަތްތެރިކަމުގެ ޤައުމީ ވައުދުގައި ސޮއިކުރަން ފަށައިފި

26 Mar 2016

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް މުބާރާތުގެ ބައިވެރިވާ ޓީމްތަކުން ނަޒާހަތްތެރިކަމުގެ ޤައުމީ ވައުދުގައި ސޮއިކުރަން ފަށައިފިއެވެ.

24 ފެބުރުވަރީ 216 ގައި ފެށިގެންދިޔަ ކްލަބް މޯލްޑިވްސްގެ މައިލޯ ކްލަބް މޯލްޑިވްސް ކަޕް 2016 އާއި 18/30، ވިމެންސް ފުޓްސަލް ފިއެސްޓާގެ “ސޯޝަލް ޕާޓްނަރ” އެއްގެ ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން ހަމަޖެހިގެން ގޮސްފައިވާއިރު، މި 2 މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ނަޒާހަތްތެރިކަމުގެ ޤައުމީ ވައުދުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުބާރާތް ފެށުމުގެ ގޮތުން 24 މާރިޗު 2016 ވަނަ ދުވަހުގެ ރޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި 4 ޓީމެއްގެ ފަރާތުން އެޓީމްތަކުން ކެޕްޓަނުން ވަނީ ނަޒާހަތްތެރިކަމުގެ ޤައުމީ ވައުދުގައި ސޮއިކޮށްފައެވެ. އެ 4 ޓީމަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އާއި، ފިއުލް ސަޕްލައި މޯލްޑިވްސް އަދި ސިވިލް ކޯޓެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×