އޭސީސީއަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމަށް އެކުލަވި “ވިސްލްބްލޯވ” ކުރުމާބެހޭ ގަވާއިދުގެ މަސައްކަތް ނިންމާ ބަންޑާރަ ނައިބުގެ ލަފަޔަށް ހުށަހަޅައިފި

03 Apr 2016

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލާފައިވާ [ވިސްލްބްލޯވކުރުމާއި ވިސްލްބްލޯވކުރާ ފަރާތްތައް ޙިމާޔަތް ކުރުމާ ބެހޭ ގަވާއިދު] ގެޒެޓް ކުރުމުގެ ގޮތުން ބަންޑާރަ ނައިބުގެ ލަފާ ހޯދުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅައިފިއެވެ.
ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ވިސްލްބްލޯވކުރުމުގައި ބަލަންޖެހޭ އަސާސީ ހަމަތަކާއި، ވިސްލްބްލޯވކުރެވޭނެ ގޮތްތަކާއި، ވިސްލްބްލޯވްކުރާ ފަރާތްތަކަށް ލިބިދެވޭ ޢިނާޔަތާއި، ޙިމާޔަތާއި، ރައްކާތެރިކަމާއި، އެ ފަރާތުގެ އަގުވަޒަންކުރެވޭނެގޮތްތައް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ވިސްލްބްލޯވކުރުމާއި ވިސްލްބްލޯވކުރާ ފަރާތްތައް ޙިމާޔަތްކުރުމާބެހޭ ގަވާއިދެއް ކޮމިޝަނުން އިސްނަގައިގެން އެކުލަވާލަން ޖެހުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅޭ ޞައްޙަ މަޢުލޫމާތު، އެކަމުގެ ވަގުތުގައި، ލަސްނުކޮށް ހޯދުމާއި، އެކި އިދާރާތަކުގައި ހިނގާ ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓުކުރާ ފަރާތްތަކަށް ހިތްވަރު ދިނުމާއި، ވިސްލްބްލޯވ ކުރުމުގެ ސަބަބުން އެ ފަރާތްތަކަށް ލިބިދާނެ ގެއްލުންތަކުން އެ ފަރާތްތައް ރައްކާތެރިކޮށްދެވޭނެ ނިޒާމެއް ގާއިމް ކުރުން ހިމެނެއެވެ.
މި ގަވާއިދާ މެދު ބަންޑާރަ ނައިބުގެ އޮފީހުގެ ލަފާ ލިބުމުން ދިވެހި ސަރުކާރުގެ ގެޒެޓުގައި މިގަވާއިދު ޝާއިޢު ކުރެވޭނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×