އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު ފަހުމްނާމާއެއްގައި ސޮއިކޮށްފި

07 Apr 2016

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީސް ހިންގާ ޢިމާރާތް ކަމުގައިވާ އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އިސްމާޢީލް ކަލޭގެފާނު ތުއްތު ބިލްޑިންގ އޮޑިޓަރ ޖެނެރަލްގެ އޮފީހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބޭނުންކުރުމާ ގުޅޭގޮތުން މިއަދު ދެ މުއައްސަސާގެ ދެމެދުގައި ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ މަޤްޞަދަކީ، އޮޑިޓަރޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީސް ހިންގުމަށް ސަރުކާރުން އޮޑިޓަރ ޖެނެރަލްގެ އޮފީހާ ޙަވާލުކޮށްފައިވާ ޢިމާރާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ދެކުނު ސަރަޙައްދީ އޮފީސް ހިންގުމާއި، އޮފީސް ޢިމާރާތް ބެލެހެއްޓުމާއި އޮފީހުގެ ވަޞީލަތްތައް ދެ މުއައްސަސާއިން ބޭނުންކުރުމާ ގުޅޭގޮތުން ދެ ފަރާތުން ޢަމަލުކުރާނެ ގޮތެއް ކަނޑައަޅައި ބަޔާންކޮށްދިނުމެވެ.

ދެ މުއައްސަސާގެ ސަދަރން ރީޖަނަލް އޮފީސް ހިންގަމުންދާ ޢިމާރާތުގައި 06 އެޕްރީލް 2016 ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޮޑިޓަރ ޖެނެރަލް އަލްފާޟިލް ޙަސަން ޒިޔާތު އެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×