އެންޓި-ކޮރަޕްޝަން ކޮމިޝަނުން 2016 ވަނަ އަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަކޮށްފި

16 Apr 2016

2016 ވަނަ އަހަރުގެ ދިވެހިބަހުގެ ދުވަސް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފާހަގަކޮށްފިއެވެ. ކޮމިޝަނުން، މި ދުވަސް ފާހަގަކޮށްފައިވަނީ، 14 އެޕްރީލް 2016 ވީ ބްރާސްފަތި ދުވަހު ހެނދުނު 09:30 ގައި ކޮމިޝަނުގެ ކޮންފަރެންސް ރޫމްގައި މުވައްޒަފުންގެ އެސެމްބްލީއެއް ބާއްވައިގެންނެވެ. މި އެސެމްބްލީގެ ޝަރަފުވެރި މެހެމާނަކީ ދިވެހިބަހުގެ އެކެޑަމީއިން ފޮނުއްވި ދިވެހި ބަހުގެ އުސްތާޒް އަލްފާޟިލް އަމްޖަދް ރަޝާދެވެ. މި އެސެމްބްލީގައި ބަހުގެ ދުވަހުގެ ޚާއްޞަ މެސެޖް ދެއްވީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ ރަޝީދެވެ. މި ޖަލްސާގައި ޝަރަފުވެރި މެހެމާން ވާހަކަފުޅު ދެއްކެވިއެވެ. އަދި މީގެ އިތުރުން މުވައްޒަފުންގެ ޝުޢޫރު ފާޅުކުރުމާއި ކޮމިޝަނުގެ މެސެޖް ދިނުންވެސް އޮތެވެ. ކޮމިޝަނުގެ މެސެޖް ދެއްވެވީ ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×