ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅުވައިގެން ބާއްވާ ސްކޫލް ދަރިވަރުންގެ ކުއިޒް މުބާރާތް ފަށައިފި

16 Apr 2016

2016 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ކުއިޒް މުބާރާތް މިއަދު (16 އޭޕްރީލް 2016) ފަށައިފިއެވެ. މި މުބާރާތަކީ ދަރިވަރުންގެ މެދުގައި ނަޒާހަތްތެރިކަން އިތުރުކޮށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ރޫޙް އާލާކުރުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ.

ފުވައްމުލަކުގެ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި ފުވައްމުލަކުގެ 4 ސްކޫލެއް ކަމަށްވާ، މަދަރަސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން އާއި، ޏ.އަތޮޅު ތަޢުލީމީ މަރުކަޒު އާއި، ފުވައްމުލަކު ސްކޫލް އަދި ހާފިޒް އަޙްމަދު ސްކޫލުން ބައިވެރިވެއެވެ. 1 ދުވަހުގެ މުއްދަތަށް ހާފިޒް އަޙްމަދު ސްކޫލްގައި ކުރިއަށްގެންދާ މި މުބާރާތަކީ ކޮންމެ ސްކޫލަކުންވެސް 1 ޓީމު ބައިވެރިވާގޮތަށް ކޮންމެ މެޗެއްގައި 3 ބުރު ހިމެނޭގޮތަށް ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތް ނިމިގެންދާއިރު، މުޅި މުބާރާތުގެ 1 އަދި 2 ވަނަ ސްކޫލާއި، މުޅި މުބާރާތުގެ 1 ވަނަ ދަރިވަރު ހޮވުމަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ރަސްމީކޮށް ފައްޓަވާދެއްވީ މުބާރާތް ފެށުމުގެ ގޮތުން ހާފިޒް އަޙްމަދު ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަނުގެ މެމްބަރު އަލްފާޟިލާ އާމިނަތު މިންނާއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×