ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅުވައިގެން ބާއްވާ ޤުރުއާން މުބާރާތް ފަށައިފި

16 Apr 2016

2016 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޤުރުއާން މުބާރާތް މިއަދު (16 އޭޕްރީލް 2016) ފަށައިފިއެވެ. މި މުބާރާތަކީ އިސްލާމްދީނުގައި ކޮރަޕްޝަންގެ ނުބައިކަން ބަޔާންކޮށް އަންގަވާފައިވާ އެންގެވުންތައް ހަނދާންކޮށް ނަޒާހަތްތެރިކަމުގެ ސިފަތައް، މީސްތަކުންގެ މެދުގައި އާލާކުރުމަށް ބާރުއެޅުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

ފުވައްމުލަކުގެ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި ފުވައްމުލަކުގެ 4 ސްކޫލެއް ކަމަށްވާ، މަދަރަސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން އާއި، ޏ.އަތޮޅު ތަޢުލީމީ މަރުކަޒު އާއި، ފުވައްމުލަކު ސްކޫލް އަދި ހާފިޒް އަޙްމަދު ސްކޫލުން ބައިވެރިވެއެވެ. 1 ދުވަހުގެ މުއްދަތަށް ފުވައްމުލަކު ސްކޫލްގައި ކުރިއަށްގެންދާ މި މުބާރާތުގައި ބޭނުންކުރާނީ މުބާރާތަށް ޚާއްޞަކޮށް ޤުރުއާނުގެ އެކި ސޫރަތްތަކުން ހޮވާލެވިފައިވާ އާޔަތްތަކާއި އެ އާޔަތްތަކުގެ މާނައެވެ. މި މުބާރާތް ނިމިގެންދާއިރު، މުޅި މުބާރާތުގެ 1 އަދި 2 ވަނަ ސްކޫލާއި، މުޅި މުބާރާތުގެ 1 އާއި 2 އަދި 3 ވަނަ ދަރިވަރު ހޮވުމަށްވަނީ ހަމަޖެހިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×