ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅުވައިގެން ބެލެނިވެރިންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

17 Apr 2016

2016 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބެލެނިވެރިންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް މިއަދު (16 އެޕްރީލް 2016) ފަށައިފިއެވެ. މި ޕްރޮގްރާމަކީ، ބެލެނިވެރިންގެ މެދުގައި ކޮރަޕްޝަނާއިމެދު ހޭލުންތެރިކަން އިތުރުކޮށް، ކޮރަޕްޝާނާ ދެކޮޅަށް މަސައްކަތްކޮށް ނަޒާހަތްތެރިކަން އިސްކުރާ ބަޔަކަށް ހެދުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ފުވައްމުލަކުގެ 4 ސްކޫލެއް ކަމަށްވާ، މަދަރަސަތުއް ޝައިޙް މުޙައްމަދު ޖަމާލުއްދީން އާއި، ޏ.އަތޮޅު ތަޢުލީމީ މަރުކަޒު އާއި، ފުވައްމުލަކު ސްކޫލް އަދި ހާފިޒް އަޙްމަދު ސްކޫލުގެ ބެލެނިވްރިންނަށް މި ޕްރޮގްރާމް އަމާޒުކުރެވިފައިވާއިރު، 1 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ކޮންމެ ސްކޫލެއްގެ ބެލެނިވެރިންނަށް ވަކިވަކިން ސެޝަންތައް ނަގައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންޓި-ކޮރަޕްޝަނުގެ ކޮމިޝަނުގެ މުވައްޒަފުން ހުށަހަޅައިދޭ މި ސެޝަންތަކުގައި، ނަޒާހަތްތެރިކަމުގެ މާނައާއި، އަސާސްތަކާއި، މުހިންމުކަމުގެ އިތުރުން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ދައުރު އަދި އެކަޑެމިކް އިންޓެގްރިޓީ އާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެވޭނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×