ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅުވައިގެން ޓީޗަރުންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

17 Apr 2016

2016 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ޓީޗަރުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް މިއަދު (17 އެޕްރީލް 2016) ފަށައިފިއެވެ. މި ޕްރޮގްރާމަކީ، ޓީޗަރުންގެ ނަޒާހަތްތެރިކަން އިތުރުކުރުމާއި އެކަޑެމިކް އިންޓެގްރިޓީ ޕްރޮމޯޓްކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ފުވައްމުލަކުގެ 4 ސްކޫލެއް ކަމަށްވާ، މަދަރަސަތުއް ޝައިޙް މުޙައްމަދު ޖަމާލުއްދީން އާއި، ޏ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ފުވައްމުލަކު ސްކޫލް އަދި ހާފިޒް އަޙްމަދު ސްކޫލުގެ ޓީޗަރުންނަށް މި ޕްރޮގްރާމް އަމާޒުކުރެވިފައިވާއިރު، 1 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ކޮންމެ ސްކޫލެއްގެ ޓީޗަރުންނަށްވެސް ވަކިވަކިން ސެޝަންތައް ނަގައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންޓި-ކޮރަޕްޝަނުގެ ކޮމިޝަނުގެ މުވައްޒަފުން ހުށަހަޅައިދޭ މި ސެޝަންތަކުގައި، ނަޒާހަތްތެރިކަމުގެ މުހިންމުކަމާއި، އާންމު ޚިދުމަތުގައި ނަޒާހަތްތެރިކަމުގެ މުހިންމުކަމާއި، އެކަޑެމިކް އިންޓެގްރިޓީގައި ހިމެނޭ މައިގަނޑު އަސާސްތަކާއި، ދަރިވަރުންގެ ކިބައިގާ ނަޒާހަތްތެރިކަން އާލާކުރުވުމާއި، ސްކޫލްތަކުގައި ނަޒާހަތްތެރިކަން އާލާކުރުވުމާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރެވޭނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×