ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅުވައިގެން ފުވައްމުލަކުގައި ހުރި ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

18 Apr 2016

2016 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގައި ހުރި ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް މިއަދު (18 އެޕްރީލް 2016) ފަށައިފިއެވެ. މި ޕްރޮގްރާމަކީ، ކޮރަޕްޝަން ހުއްޓުވުމާއި ވިޔަނުދިނުމާއި ބެހޭގޮތުން ކުރެވޭ އަދި ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމާއި ދައުލަތު ޕްރޮކިޔުމެންޓްގެ މަސައްކަތް ރަގަޅުގޮތުގައި ކުރަން ދަސްކޮށަދިނުމަށް ހިންގޭ ޕްރޮގްރާމެކެވެ.

ދެބަޔަކަށް ބަހާލެވިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ފުވައްމުލަކު އަތޮޅު ކައުންސިލާއި، ފުވައްމުލަކު އަވަށު ކައުންސިލްތަކާއި، ފުވައްމުލަކުގެ ސްކޫލްތަކާއި، ޏ.އަތޮޅު ހޮސްޕިޓަލާއި، ފުވައްމުލަކުގައި ޤާއިމްކުރެވިފައިވާ އެހެނިހެން އިދާރާތަކުގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސަސް އާއި، އެމް.އެން.ޑީ.އެފް އާއި، ފެމެލީ އެންޑް ޗިލްޑްރެންސް ސަރވިސަސް ސެންޓަރާއި، ޒުވާނުންގެ މަރުކަޒާއި، މެޖިސްޓްރޭޓް ކޯޓާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާއި، މޯލްޑިވްސް އިމިގްރޭޝަންއާއި، ޕޯސްޓް އޮފީހާއި، ނެޝަނަލް ޑްރަގް އެޖެންސީ ސެންޓަރ އަދި އެއަރޕޯޓް ގެ މުވައްޒަފުންނަށް މި ޕްރޮގްރާމް އަމާޒުކުރެވިފައިވާއިރު، މި ޕްރޮގްރާމް ކުރިއަށްގެންދާނީ 1 ދުވަހުގެ މުއްދަތަށެވެ.

އެންޓި-ކޮރަޕްޝަނުގެ ކޮމިޝަނުގެ މުވައްޒަފުން ހުށަހަޅައިދޭ މި ސެޝަންތަކުގައި، ނަޒާހަތްތެރިކަމުގެ މާނައާއި، މުހިންމުކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ދައުރާއި، ރާއްޖޭގައި ކޮރަޕްޝަނުގެ ޙާލަތާއި، ކޮރަޕްޝަނުގެ އާންމު މާނައާއި، ކޮރަޕްޝަނުގެ ކުށްތަކާއި، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ރޭވިފައިވާ ނިޒާމާއި، ކޮރަޕްޝަން ހުއްޓުވުމާއި ވިޔަ ނުދިނުދިނުމުގައި ދައުލަތުގެ މުވައްޒަފުންގެ ދައުރާއި، ތަކެއްޗާއި ޚިދުމަތް ހޯދުމާއި، އެކަންކަމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރިކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×