ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅުވައިގެން ބަހުޘެއް ބާއްވައިފި

19 Apr 2016

2016 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޓީމަކާއި، ފުވައްމުލަކުގެ ޓީމަކާ ދެމެދު ބަހުޘެއް މިރޭ (18 އެޕްރީލް 2016) ބާއްވައިފިއެވެ. މި ބަހުޘަކީ، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމުގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުމާއި، ކޮރަޕްޝަނުގެ ޢަމަލުތަކާމެދު ޢާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ބަހުޘެކެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންގެ ތެރެއިން އެކުލަވާލި ޓީމަކާއި، ފުވައްމުލަކުގެ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން އެކުލަވާލި ޓީމަކާ ދެމެދު ކުރިއަށްގެންދިޔަ ފޯރިގަދަ ބަހުޘްގެ މައުޟޫއަކީ “ކޮރަޕްޝަނާ ދެކޮޅަށް އޭ.ސީ.ސީން އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރޭ!” އެވެ. މައުޟޫއާ އެއްކޮޅަށް އޭސީސީގެ ޓީމުން ވަކާލާތުކޮށްފައިވާއިރު، މައުޟޫއާ ދެކޮޅަށް ވަކާލާތުކޮށްފައިވަނީ ފުވައްމުލަކުގެ ޓީމުންނެވެ. މި ބަހުޘް ކުރިއަށް ގެންގޮސްފައިވަނީ ފުވައްމުލަކު އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މި ބަހުޘްގެ އެންމެ މޮޅު ޓީމަކާއި، އެންމެ މޮޅު ބަހުޘް ކުރުންތެރިޔާ ހޮވުމަށް ހަމަޖެހިފައިވާއިރު، އެ ވަނަތައް އިޢުލާންކޮށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި 21 އެޕްރީލް 2016 ގައި ބާއްވާ ޚާއްޞަ ޖަލްސާގައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×