ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފި

21 Apr 2016

2016 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެކުވެރިކަމުގެ ފުޓްސަލް 2 މެޗެއް މިއަދު (20 އެޕްރީލް 2016) ކުޅެފިއެވެ. އެގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޒުވާން މުވައްޒަފުންނާއި، ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ފުވައްމުލަކުގައި އަމަލީގޮތުން ބައިވެރިވާ ޒުވާނުންގެ ތެރެއިން ހޮވޭލެވޭ ޓީމުގެ މެދުގައި 2 މެޗެއް ކުޅެފައިވެއެވެ. އެއީ، ފިރިހެނުންނަށް އަމާޒުކޮށްގެން ކުޅެވުނު މެޗަކާއި، އަންހެނުންނަށް އަމާޒުކޮށްގެން ކުޅެވުނު މެޗެކެވެ.

މެޗުތައް ކުޅެމުންދިޔަ ވަގުތު ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމާއި އެފަދަ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ މެސެޖްތައް އިއްވަމުން ގެންދިޔައެވެ. އަދި މެޗުތައް ފެށުމުގެ ކުރިން އަންހެން 2 ޓީމާއި ފިރިހެން 2 ޓީމުގެ ކެޕްޓަނުން ވަނީ ކޮންމެ ޓީމެއްގެ ފަރާތުން ނަޒާހަތްތެރިކަމުގެ ގައުމީ ވައުދުގައި ސޮއިކޮށްފައެވެ.

މި މެޗުތަކުގެ ތެރެއިން ފުރަތަމަ ބައްދަލުކުރި ފިރިހެން މެޗު 5 – 8 އިން ކާމިޔާބުކުރީ ފުވައްމުލަކު ޓީމެވެ. ދެވަނައަށް ކުޅެވުނު އަންހެން މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1 – 1 ން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހައިގެން މެޗުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފުވައްމުލަކު ޓީމެވެ.

ފުވައްމުލަކު މިސްކިތްމަގު ފުޓްސަލްދަނޑުގައި ވަކިވަކިން ކުރިއަށްގެންދިޔަ މި 2 މެޗުގެ ތެރެއިން ފިރިހެން މެޗް ޝަރަފްވެރި ކޮށްދެއްވައި މެޗް ފައްޓަވައިދެއްވީ ހޯދަޑު ކައުންސިލްގެ ރައީސް ޢަބްދުﷲ ނާޞިރު އަޙްމަދެވެ. އަންހެން މެޗް ޝަރަފްވެރި ކޮށްދެއްވައި މެޗް ފައްޓަވައިދެއްވީ ހާފިޒު އަޙުމަދު ސްކޫލްގެ ޕްރިންސިޕަލް ހައުލަތު ސައީދެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×