އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިންތިޒާމްކޮށްގެން ދީނީ ދަރުހެއް ބާއްވައިފި

24 Apr 2016

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދުވަހާ ގުޅިގެން އާންމުންނަށް އަމާޒުކޮށްގެން 22 އެޕްރީލް 2016 ވަނަ ދުވަހުގެ ރޭ ދީނީ ދަރުހެއް ދީފިއެވެ. މިދަރުސް ދީފައިވަނީ އައްޝައިޚު މުޙައްމަދު އަނިލްއެވެ.

މި ދަރުހަކީ ދީނީ ގޮތުން ކޮރަޕްޝަނާއިމެދު ހޭލުންތެރިކަން އިތުރުކޮށް ފަސާދައާ ދެކޮޅަށް ޢާއްމުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ދެވިފައިވާ ދަރުހެކެވެ. މި ދަރުހުގައި ޝައިޚު މުޙައްމަދު އަނިލް ވަނީ ދީނުގައި ކޮރަޕްޝަންގެ ޢަމަލުތަކާއި، ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ފުވައްމުލަކު ރައްޔިތުންނަށް ޚާއްޞަކޮށްގެން ބޭއްވި މި ދަރުސް ނިންމާލީ، ދުވަހާ ގުޅޭ ޚާއްޞަ ދުޢާއަކުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×