އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ 2015 ވަނަ އަހަރުގެ ތަފާސްހިސާބު ފޮތް ޢާއްމުކޮށްފި

28 Apr 2016

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ 2015 ވަނަ އަހަރުގެ ތަފާސްހިސާބުގެ އަހަރީ ފޮތް ނެރެފިއެވެ. މިފޮތް ނެރެދެއްވީ ޤައުމީ-އެންޓިކޮރަޕްޝަން ދުވަހުގެ ޚާއްޞަ ޖަލްސާގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ.

މި ތަފާސްހިސާބު ފޮތަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލާ ނެރޭ ފުރަތަމަ ތަފާސްހިސާބު ފޮތެވެ. މި ފޮތުގައި 2015 ވަނަ އަހަރު ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކުގެ ތަފާސްހިސާބާއި، ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކާއި ނިންމި މައްސަލަތަކުގެ ބާވަތްތަކުގެ ތަފާސްހިސާބުގެ އިތުރުން ކޮމިޝަންގެ 2014ވަނަ އަހަރުގެ މުހިންމު މަޢުލޫމާތު ހިމެނޭ ތަފާސްހިސާބުވެސް ހިމަނާފައި ވާނެއެވެ. މި ގޮތުން ތަފާސްހިސާބު އެކުލަވާލުމުގައި 2015 ވަނަ އަހަރުގެ ކޮންމެ ކުއާޓަރެއްގެ ޢަދަދުތައް ވަކިން އެނގޭގޮތަށް ތަފާސްހިސާބުގެ ޢަދަދުތައް ވަޒަންކޮށް އަޅާ ކިޔާފައިވާނެއެވެ.

މިފޮތް ނެރުމުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ދެނެގަތުމަށް ޝައުޤުވެރިވާ ފަރާތްތަކަށާއި، ތަފާތު ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ބޭނުންވާ މަޢުލޫމާތު ފަސޭހައިން ފޯރުކޮށްދެވޭނެ މަގު ފަހިކޮށް ދިނުމެވެ.

ތަފާސްހިސާބު – 2015



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×