މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އޭސީސީގެ މުވައްޒަފުން އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

05 May 2016

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އޭސީސީގެ މުވައްޒަފުން އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް 04 މޭ 2016 ވަނަ ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންނަށް ހިންގައިފިއެވެ. މި ޕްރޮގާމަކީ ދައުލަތުގެ އިދާރާތަކުގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ތަންފީޒު ކުރުމުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ މުވައްޒަފުންނަށް ކޮންމެހެން އެނގެންޖެހޭ ބައިތައް ހިމަނައިގެން މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ސެޝަންގައި މަޢުލޫމާތު ދެއްވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ. މި ޕްރޮގްރާމުގައި އޭސީސީގެ ބައެއް މެމްބަރުންނާއި ސެކްޝަންތަކާއި ޔުނިޓުތަކުގެ ހެޑުންނާއި ބައެއް އިންވެސްޓިގޭޓަރުން ބައިވެރިވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×