އޭސީސީގެ ދެމުވައްޒަފަކު މެލޭޝިޔާގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެއްޖެ

09 May 2016

9 މެއި 2016 ން 13 މެއި 2016 ށް މެލޭޝިޔާގެ ކުވަރލަންޕޫރުގައި ކުރިއަށްދާ ބޭސިކް އިންޓެލިޖެންސް ބޭސްޑް އިންވެސްޓިގޭޝަން، ޓްރެއިނިންގގައި ކޮމިޝަންގެ ފަރާތުން ދެމުވައްޒަފަކު ބައިވެރިވެއްޖެއެވެ. މިކޯހަކީ ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤު ކުރުމާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް އެކި ޤައުމުތަކުގެ ކަމާބެހޭ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމަށް ކޮންމެ އަހަރަކު ހިންގޭ ޓްރޭނިންގ ޕްރޮގްރާމެކެވެ. މީގެއިތުރުން، ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް ޤައުމުތަކުން މަސައްކަތްކުރާގޮތުގެ މަޢުލޫމާތު، ކޯހުގެ ބައިވެރިންގެ މެދުގައި ބަދަލުކުރެވޭނެއެވެ.

މި ޕްރޮގްރާމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވަނީ އިންވެސްޓިގޭޝަން އޮފިސަރު މުޙައްމަދު އާޒާދު އާއި، އިންވެސްޓިގޭޝަން އޮފިސަރ ޢާއިޝަތު އައުލިޔާ އެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×