“އައި.އޭ.އޭ.ސީ.އޭ އެނުއަލް ކޮންފަރެންސް އެންޑް ޖެނެރަލް މީޓިންގ” ގައި އޭސީސީން ބައިވެރިވެއްޖެ

11 May 2016

10 މޭ 2016 ން 13 މޭ 2016 ގެ ނިޔަލަށް ޗައިނާގައި ކުރިއަށްދާ 9ވަނަ “އައި.އޭ.އޭ.ސީ.އޭ އެނުއަލް ކޮންފަރެންސް އެންޑް ޖެނެރަލް މީޓިންގ” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެއްޖެއެވެ. މިކޮންފަރެންސްގައި އޭސީސީގެ ފަރާތުން ބައިވެރިވަނީ، ކޮމިޝަނުގެ ނާއިބުރައީސް މުޢައްވިޒު ރަޝީދުއާއި، ކޮމިޝަނުގެ މެމްބަރު ޞަފްވަތު މުޙައްމަދާއި، ކޮމިޝަނުގެ މެމްބަރު ޔަޒުމީދު މުޙައްމަދާއި، ކޮމިޝަނުގެ މެމްބަރު އާމިނަތު މިންނާ އަދި ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ރަޝީދު އެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަޤުޞަދަކީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ގެންގުޅުއްވާ ފަންނީ ހުނަރުތަކާއި، ސްޓްރެޓެޖީތައް ބޭނުންކުރާނެ ގޮތްތަކަށް އަހުލުވެރިވުމާއި، ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ޤައުމުތަކުން މަސައްކަތްކުރާގޮތުގެ މަޢުލޫމާތު ބަދަލުކުރުމެވެ.

މި ކޮންފަރެންސްގައި، ކަމާބެހޭ ފަންނީ މާހިރުން ވަޑައިގެން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ގޮތުގެ މަޢުލޫމާތާއި، އެބޭފުޅުންގެ ތަޖުރިބާ ޙިއްޞާކުރުމުގެ އިތުރުން، ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްގެން ދިއުމަށްޓަކައި ކުރިމަގު ބައްޓަންކުރާނެ ގޮތްތަކުގެ މަޢުލޫމާތު ޙިއްޞާކުރާނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×