އޭސީސީގެ މުވައްޒަފުންނަށް “ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް” ކުރިއަށްގެންދިއުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

11 May 2016

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން، އޭސީސީގެ މުވައްޒަފުންނަށް “ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް” ކުރިއަށްގެންދިއުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. 10 މޭ 2016 ގައި ބޭއްވި މި ބައްދަލުވުމުގައި، އޭސީސީގެ ރައީސްއާއި އޭސީސީގެ އިސްމުވައްޒަފުންގެ އިތުރުން، އެމް.އެން.ޑީ.އެފް ގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

“ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް” އަކީ ކޮމިޝަނުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށާއި، ލީޑަރޝިޕް ސްކިލްސް އާއި ޓީމްވޯކް ކުރިއަރުވައި ޤައުމީ ރޫޙު އާލާކުރުމަށް އެމްއެންޑީއެފް ގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމެކެއެވެ. މި ތަމްރީން ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ  26 މޭ 2016 ން 28 މޭ 2016 ށް، ކ.ގިރިފުށީގައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×