ރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކަކީ އިތުބާރު އޮންނަ އިންތިޚާބުތަކަކަށް ހެދުމަށްޓަކައި އ.ދ. ގެ ފަރާތުން ފަންނީ އެހީ ބޭނުންވާ މިންވަރާއި ބާވަތުގެ ނީޑްސް އެސެސްމެންޓެއް ހެދުމަށްޓަކައި އ.ދ. ގެ ފަރާތުން އޭސީސީއާ ބައްދަލުކޮށްފިއެވެ.
23 މޭ 2016 ގައި އޭސީސީގައި ބޭއްވި މި ބައްދަލުވުމުގައި އ.ދ. ގެ ފަރާތުން ވަޑައިގެންނެވި ޓީމުގައި ހިމެނިވަޑައިގަންނަވަނީ، ޑޭން މެލިނޯވިޗް، ރިޗާޑް ގީ އަދި އެންޖެލިކާ ގަނާރ އެވެ. އޭސީސީގެ ފަރާތުން ކޮމިޝަނުގެ ރައީސް އައި، ނާއިބުރައީސް އަދި މެމްބަރުން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި، ކާމިޔާބު އިންތިޚާބެއް ބޭއްވުމަށް ދިމާވާ ދަތިތަކާއި، އިންތިޚާބާ ގުޅިގެން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ބާވަތްތަކާއި، އެކަންތައްތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން އޭސީސީގެ ފަރާތުން މަޢުލޫމާތު ސާފުކޮށް އެކަންކަމާމެދު މަޝްވަރާކުރެވުނެވެ.