އޭސީސީ މުވައްޒަފުންގެ މާހެފުން 1437 ބާއްވައިފި

05 Jun 2016

1437 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އޭސީސީގެ މުވައްޒަފުންގެ މާހެފުން ބާއްވައިފިއެވެ.

01 ޖޫން 2016 ގައި އޭސީސީގައި ކުރިއަށްގެންދިޔަ މާހެފުން ފެށިގެން ގޮސްފައިވަނީ ދީނީ މަޢުލޫމާތު ދިނުމުގެ ސެޝަނަކަށް ފަހުގައެވެ. އޭސީސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި ދީނީ މަޢުލޫމާތު ދިނުމުގެ ސެޝަންގައި މަޢުލޫމާތު ދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒިޔާދު އެވެ. މިނިސްޓަރ ގެ ވާހަކަފުޅުގައި، އޭސީސީއަކީ ބަރަކާތްތެރި ކޮމިޝަނެއް ކަމަށާއި، އެއީ ރާއްޖެ ހަމަމަގަށް އެޅުވުމަށް ބާރު ލިބިފައިވާ ހަމައެކަނި މުއައްސަސާއަކީ އޭސީސީ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. އިތުރަށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މާތްﷲ އަށް ދުޢާކުރުމުގެ މުހިންމުކަމާއި، ދުޢާ ކުރުމުގެ އަދަބުތަކާބެހޭގޮތުންނާއި، ދުޢާ އިޖާބަކުރައްވާނެ ކަމަށް އަންގަފާވައިވާ ވަގުތުތަކާބެހޭގޮތުން މަޢުލޫމާތު ދެއްވައި، މުވައްޒަފުން ކުރެއްވި ދީނީ ސުވާލުތަކަށް މިނިސްޓަރ ވަރަށް ތަފްޞީލްކޮށް ޖަވާބު ދެއްވިއެވެ.

އޭސީސީގެ މުވައްޒަފުން ކޮންމެ އަހަރެއްގެ ރަމަޟާންމަސް ފެށުމުގެ ކުރިން، މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި މާހެފުމެއް ގެންދަނީ ބާއްވަމުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×