މުވައްޒަފުންގެ ޙައްޖު ސްކީމުގައި އޭސީސީން ބައިވެރިވެއްޖެ

07 Jun 2016

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (އެމް.އެޗް.ސީ.އެލް) ގެ ފަރާތުން ކުރިއަށް ގެންދާ މުވައްޒަފުންގެ ޙައްޖު ސްކީމުގައި އޭސީސީގެ ފަރާތުން ބައިވެރިވެއްޖެއެވެ. މިކަމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އޭސީސީއާއި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ވަނީ މިކަމާބެހޭ އެމްއޯޔޫގައި ސޮއިކޮށްފައެވެ. މިއެމްއޯޔޫގައި އޭސީސީގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުތުފީއެވެ. އަދި އެމް.އެޗް.ސީ.އެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ ބޯޑު މެންބަރު އަލްފާޟިލް މުޙައްމަދު ރިޟާއެވެ.
މި ސްކީމުގައި އޭސީސީގެ ފަރާތުން ބައިވެރިވުމާ ގުޅިގެން އޭސީސީގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އެފަރާތްތަކުގެ މުސާރައިން ކަނޑައެޅިފައިވާ ވަކި މިންވަރެއް ޙައްޖު ކޯޕަރޭޝަނަށް ދެއްކުމުން ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅުއްވާފައިވާ އުޞޫލަކާ އެއްގޮތަށް ފަސޭހަކަމާއެކު ޙައްޖުގެ އަޅުކަން އަދާކުރުމުގެ މަގު ތަނަވަސްވެގެން ދާނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×