“ޕްރޮޓެކްޝަން އޮފް ރިޕޯޓިންގ ޕަރސަން” ވަރކްޝޮޕްގައި އޭސީސީން ބައިވެރިވެއްޖެ

16 Jun 2016

އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ “ޕްރޮޓެކްޝަން އޮފް ރިޕޯޓިންގ ޕަރސަން” ވަރކްޝޮޕްގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި ވަރކްޝޮޕްގައި އޭސީސީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ކޮމިޝަންގެ ނާއިބުރައީސް އަލްއުސްތާޛް މުޢައްވިޒު ރަޝީދު އެވެ.

16 ން 17 ޖޫން 2016 އަށް، ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް އަމާޒުކޮށްގެން ޔޫ.އެން.އޯ.ޑީ.ސީ އިން ކުރިއަށްގެންދާ މި ވަރކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަނުގެ މައްސަލަތަކުގެ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ހިމާޔަތް ދިނުމުގައި ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާކުރުމާއި، މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތައް ޙިމާޔަތް ކުރުމުގައި ޤައުމުތަކުން ކުރާ މަސައްކަތްތަކާއި، އެ ޤައުމުތަކުގެ ތަޖުރިބާ ހިއްޞާކުރުމާއި، މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތައް ހިމާޔަތްކުރެވޭނެ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާ ބެހޭގޮތުން ޤައުމުތަކުގެ މެދުގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×