އޭސީސީގެ މުވައްޒަފުންނަށް ދީނީ ދަރުހެއް ބާއްވައިފި

23 Jun 2016

1437 ވަނަ އަހަރުގެ ރަމަޟާންމަހާ ދިމާކޮށް މުވައްޒަފުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ކަންތައްތަކަށް ލޯބިޖެއްސުމަށްޓަކައި ބޭއްވުމަށް ހަމަޖެއްސި ދީނީ ދަރުސް، 19 ޖޫން 2016 ވީ އާދީއްތަ ދުވަހުގެ 13:00 ގައި ކޮމިޝަނުގައި ވަނީ ބާއްވާފައެވެ. މި ދަރުސް ދެއްވީ އަލްމަސްޖިދު މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ އިމާމު އައްޝައިޚް ހައިޘަމް މުޙައްމަދުއެވެ. ދަރުސްގެ މަޢުޟޫގެ ގޮތުގައި ކަނޑައަޅާފައިވަނީ ” ނަމާދަށް ރައްކާތެރިވުމުގެ މުހިއްމުކަން”އެވެ. ދަރުސަށް ފަހު ދީނީ އެކިއެކި މައްސަލަތުގައި މުވައްޒަފުން ސާފުކުރަން ބޭއްވި ކަންތައްތަކާ ބެހޭ ގޮތުން ސުވާލު ކުރުމުގެ ފުރުޞަތު ވަނީ ދެވިފައެވެ.
މި ދަރުސްގައި ކޮމިޝަނުގެ އިސް ވެރިންނާއި ކޮމިޝަނުގެ ހުރިހާ މުވައްޒަފުން ބައިވެރިވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×