ކޮމިޝަނުން ހިންގާފައިވާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް
ކޮރަޕްޝަނާ ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުމުގެ ގޮތުން 2014 ވަނަ އަހަރު ހިންގުނު ވޯކްޝޮޕްތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވުނީ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށެވެ. މީގެއިތުރުން ޢާއްމު ރައްޔިތުންނަށާއި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްވެސް ސެޝަންތަކެއް ނެގިފައިވެއެވެ. މިގޮތުން ހޭލުންތެރިކުރުމުގެ 124 ސެޝަނުގެ މެދުވެރިކޮށް 3070 ފަރާތަކަށް މި މަޢުލޫމާތު ފޯރުކޮށްދެވިފައި ވެއެވެ.
މާލޭގައި ހިންގުނު ހޭލުންތެރިކުރުމުގެ ބައްދަލުވުންތައް
މާލޭގައި ދައުލަތުގެ 15 މުއައްސަސާއަކަށް 30 ސެޝަން ނަގައިދެވި 696 މީހުންނަށް ކޮރަޕްޝަނާމެދު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ހިންގިފައިވެއެވެ.
މާލޭގައި ހިންގުނު ހޭލުންތެރި ކުރުމުގެ ސެޝަންތަކުގެ ތަފްޞީލް

އަތޮޅުތަކުގައި ހިންގުނު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް
2014 ވަނަ އަހަރު 7 އަތޮޅެއްގެ 35 ރަށުގައި 94 ސެޝަނުން ޖުމްލަ 2374 ފަރާތަކަށް އޭސީސީގެ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގިފައި ވެއެވެ.
އަތޮޅުތެރޭގައި ހިންގުނު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކުގެ ތަފްޞީލް
* ތަފާތު ސަބަބުތަކާހުރެ ސެޝަން ހިންގިފައިނުވޭ