އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅައިފި

29 Jun 2016

ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) އަށް ގެންނަން ފެންނަ އިޞްލާޙުތައް ބަންޑާރަ ނައިބުގެ އޮފީހާ 23 ޖޫން 2016 ގައި ވަނީ ޙިއްޞާކޮށްފައެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް ހުށަހެޅި 68 އިޞްލާޙުގެ ތެރޭގައި، ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރުމުގައި މި ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ ތަޖުރިބާތަކާއި، ކޮމިޝަނަށް ޤާނޫނީގޮތުން ކުރިމަތިވި އެކި ގޮންޖެހުންތަކާއި، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އާ ގުޅިގެން ޖިނާއީ ޢަދުލުގެ ނިޒާމަށް އައި ބަދަލުތަކާ ގުޅިގެން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް ގެންނަންޖެހޭ ކަމަށް ފާހަގަކުރެވިފައިވާ އިޞްލާޙުތައް ހިމަނާފައިވާނެއެވެ.
އެގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، ކޮމިޝަންގެ އިޚްތިޞާޞްއާ ގުޅުންހުރި މުހިއްމު އިޞްލާޙުތަކެއް ގެނައުމަށް ވާނީ ހުށަހަޅާފައެވެ. އޭގެތެރޭގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤުކުރުމާއި، ތަޙުޤީޤު މަރުހަލާގެ ތެރޭގައި ކަންކަން ހުއްޓުވުމާއި، ކޮރަޕްޝަންގެ ކުށްތަކުގެ ތެރެއިން ދައުލަތަށް ގެއްލިގެންދާ ފައިސާ އަނބުރާ ހޯދުމާއި، ދައުލަތުގެ މުވައްޒަފުން މުދަލާއި ފައިސާ ހޯދާގޮތް ބެލުން އަދި ކޮރަޕްޝަންގެ ކުށްތައް ތަޙުޤީޤުކުރުމަށްޓަކައި ޚާއްޞަ އޮޕަރޭޝަންތައް ހިންގުމާ ގުޅޭ މުހިންމު އިޞްލާޙުތަކެއް ހިމަނާފައިވާނެއެވެ.
ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) އަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙުތައް ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) އަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙުތައް



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×